ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލި މީހުންގެ ނަންތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އިސްކަންދެއްވި ތަރުތީބުން ބްރޯޑްކޮމްއަށް ކުރިމަތިލި މީހުން
- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
- އައިމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
- އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
- ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
- މުހައްމަދު ފަޒީން، ހޭޒްލީން، ބ. ތުޅާދޫ
- ޒުބައިރު އަހްމަދު މަނިކު، ގ. މަލްވިނަ
- މޫސާ ރިލްވާން، މ. ހާވިލާ
- އަބްދުލް އަޒީޒް ޖަމާލް އަބޫ ބަކުރު، މާޒީ، ލ. މާވަށް
- ހުސައިން ފައިޒް، މެޑޯޒް، ދ. ކުޑަހުވަދޫ
- އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
- އިސްމާއީލް ސާޖިދު، މއ. ވިލާރޮނދި
- އަހްމަދު ހަލީލް، މއ. ހަތާ
- މުހައްމަދު ރަޝީދު އަހުމަދު، ހ، ދޮންއަންނާރުގެ
- އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
- އައިޝަތު އަރީފާ، ތިބިރޯޒުގެ، ގދ. ގައްދޫ
ރައީސް ސޯލިހް ތަރުތީބު ކުރެއްވި މި ލިސްޓުގެ އެންމެ ކުރީގައިި އުޅެނީ ގިނަ ދުވަސްތަކެއް ވަންދެން ޓީވީއެމް ގައި މަސައްކަތް ކުރައްވާފައިވާ ޝިފްލާ އިބްރާހިމް އާއި ވީޓީވީގެ ޕްރެސެންޓަރ އައިނިމަތު އަމީނާ (އަނާ) އެވެ.
ބްރޯޑްކޮމަގެ ބޯޑަށް ކުރިމަތިލުމަށް ފުރަތަމަ ފަހަރަށް އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވަން އެއްވެސް ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ނުވުމުން، ދެވަނަ ފަހަރަށް އިޢުލާނުކުރުމުން 15 ފަރާތަކުން ވަނީ މެމްބަރުކަމަށް ކުރިމަތި ލާފައެވެ.
މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވީ ހަ މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު އަލީ ޔޫސުފުގެ އިތުރުން، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ސަހާރަތު އިއްޒަތު، އަދި މެންބަރު ޒީނާ ޒީނާ ޒާހިރު އެވެ. ކޮމިޝަންގެ ގަވާޢިދުގައި އޮންނަގޮތުން ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވަން ޖެހެ އެވެ.