މޫސުން ގޯސްވެ އުދަ އެރުންފަދަ ހދިސާއެއް ހިނގާފާނެކަމަށް ލަފާކޮށް އިންޒާރު ނެރެފައިވާ، މިދަނޑިވަޅުގައި ނ.އަތޮޅު ހޮޅުދޫއަށް އުދައަރައި ބޮޑުތި ގެއްލިންތަކެއް ލިބިއްޖެއެވެ.

'ރާއްޖެއެމްވީ' އިން ރިޕޯޓުކޮށަފައި ވާގޮތުގައި، އެނޫހަށް މައުލޫމާތު ދެއްވަމުން ހޮޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނަސީރު ވިދާޅުވެފައިވަނީ، އުދަ އަރަން ފަށާފައިވަނީ އަންގާރަ ދުވަހުގެރޭ 00:00 އިން ފެށިގެން ކަމަށާއި، އެގޮތުން ރަށުގެ ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ގެތަކަށްވެސް ލޮނުގަނޑު ވަދެފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހޮޅުދޫގެ ބައެއް ގޭގެއަށް ފޫޓަކަށްވުރެ ބޮޑަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ޖުމުލަ ގާތްގަނޑަކަށް 12 ވަރަކަށް ގެއަށް ލޮނުގަނޑު ވަދެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންނާއ، ރަށު ކައުންސިލާއި، އަދި ހޮޅުދޫގެ އާނމުރައްޔިތުން ގުޅިގެން ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލޮބިފައިވެއެވެ. އަދި ވިއްސާރައިގެ އަސަރު ނެތް ނަމަވެސް ބާރަށް ވައިޖެހި، ރޭގަނޑު ހަތަރުދަމު ހުއްޓުމެއް ނެތި އުދަ އަރާފައިވާ ކަމަށްވެސް ހޮޅުދޫއިން މައުލޫމާތު ލިބިފައި ވެއެވެ.

ރޭ ނ.ހޮޅުދޫއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފައިވާއިރު، އުދަ އެރުމުގެ ފުރުޞަތު އެބައޮތް ކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭގަނޑު 01:30 އިން 04:30 އަށް މުޅިރާއްޖެއްށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *