ސެމްސަންގް ފޯނަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ. ލައްޕާލާފައި ޖީބަށް ނުވަތަ ދަބަހަށްލައިގެން ގެންގުޅެލަން ފަސޭހަ ގޮތަކަށް ސެމްސަންގް އިން ތައްޔާރުކޮށްފައިވާ ސެމްސަންގް ޒީ ފްލިޕް އަކީ  ގިނަބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ މޮޓޮރޯލާ ކުންފުނީގެ ރޭޒަރ ފޯނާ ދާދި އެއްގޮތް ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ފޯނެކެވެ. 
ބަލާބެލުމަށް 6.7 އިންޗީގެ އޯލެޑް ސްކްރީނެއް އެކުލެވިގެންވީ ނަމަވެސް ލައްޕާލުމުން އަތުގައި ގެންގުޅެލަން ފަސޭހަ ހަތަރެސްކަން ބައްޓަމުގެ ކުޑަ ފޯނަކަށް ބަދަލުވެއެވެ. 14 ފެބްރުއަރީ 2020 ގަައި ވިއްކަން ތައްޔާރުވަމުން އަންނަ މިފޯނުގެ އަގަކީ 1380 ޔޫއެސް ޑޮލަރެވެ.
މިފޯން ލައްޕާލާފައި އޮންނަ އިރު ނޯޓިފިކޭޝަން ފެންނަގޮތަށް 1.1 އިންޗީގެ އިތުރު ޑިސްޕްލޭއެއް އެކުލެވިގެންވާއިރު މިޑިސްޕްލޭގައި އިނގިލި ޖައްސާލުމުން ފޯނު އަލުން ހުޅުވާލާއިރު ނޯޓިފިކޭޝަން ލިބިފައިވާ އެޕް އަމިއްލައަށް ހުޅުވެއެވެ.މީގެ އިތުރުން މިޑިސްޕްލޭ ހަރުކޮށްފައިވަނީ ކެމެރާގެ ވިއުފައިންޑަރއެއް ގެ ގޮތުގައިވެސް ބޭނުންކުރެވޭނެ ގޮތަށެވެ.
ބަރުދަނުގައި 183 ގްރާމް ހިމެނޭ މިފޯން ގައި 64 ބިޓްގެ އޮކްޓަރ ކޯ ޕްރޮސެސަރ އަކާއި 8 ޖީބީގެ ރެމް އަދި 256 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. ސެމްސަންގް އިން މައުލޫމާތުދީފައި ވާގޮތުގައި މިފޯނުގެ ސްކްރީންގައި ބޭނުންކޮށްފައިވަނީ 200،000 ފަހަރު ފައްޖަހާލެވޭ ، ސެމްސަންގް ކުންފުނީގެ އުފެއްދުމެއް ކަމުގައިވާ ވަރަށް ތުނި ބިއްލޫރިއެއް ކަމުގައިވާ އަލްޓްރާ ތިން ގްލާސް ( ޔޫޓީޖީ ) އެވެ. މިޑިސްޕްލޭ އަށް ދީފައިވާ ނަމަކީ "އިންފިނިޓީ ފްލެކްސް ޑިސްޕްލޭ " އެވެ . ފޯން ފައްޖަހާލުމަށްފަހު ހުޅުވިކަމުގައި ވިޔަސް ސްކްރީނުން އެއްވެސް ރޮނގެއް ނުވަތަ ލައްޕާފަ ހުޅުވާލާ ކަމުގެ ނިޝާނެއް ފެންނާކަށް ނުހުންނާނެއެވެ.
ހައިކޮލިޓީ ޑިސްޕްލޭއެއް އެކުލެވިގެންވާ މިފޯން ލެޕްޓޮޕެއްގެ ގޮތަށްވެސް ބޭނުންކުރެވޭނެއެވެ. ފައްޖަހާލުމަށްފަހު ފޯނު ތަނެއްގައި ބަހައްޓައިގެން ސެލްފީ ނަގާއިރު ،ފޯނުގެ އެއްބައިން ފޮޓޯ ނަގާލެވޭއިރު އަނެއްބައިން ފޮޓޯގެ އޭންގަލް ސެޓްކޮށްލެވެއެވެ. ފައްޖަހާލުމުން ، ފައްޖަހާފައިވާ ދޭތެރެއަށް ހިރަފުސްވަނުން ހުއްޓުވުމުގެ ގޮތުން ސެމްސަންގް އިންވަނީ ހާއްސަ ފައިބަރ އެއް ބޭނުންކޮށްފައެވެ.
ފައްޖަހާލެވުނުކަމުގައި ވިޔަސް ފޯނެއް ކެމެރާއަކާ ނުލާ ސްމާރޓްފޯން ގެ ތެރޭގައި ހިމަނާނުލެވޭނެ ކަމުން މިފަހަރުގެ ސެމްސަންގްްގެ މިއުފެއްދުމުގައި ތިން ކެމެރާ ހިމެނެއެވެ. ފްރަންޓުކެމެރާ އެއްގެގޮތުގައި 12 މެގަޕިކްސެލްގެ އެފް2.4 ސެލްފީ ކެމެރާއަކާ ، ފޯން ފަހަތުގައި ޑުއެލް ކެމެރާ ސިސްޓަމެއްގެ ގޮތުގައި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް އަދި އާންމުކޮށް ބޭނުންކުރާ 12 މެގަޕިކްސަލްގެ ވައިޑް އޭންގަލް ކެމެރާއެއް ހިމެނެއެވެ. ފަހަތުގައިވާ ކެމެރާތައް ބޭނުންކޮށްގެން އަނދިރީގައި ހައިޕަރލެޕްސް ވީޑިއޯ އަދި ސެމްސަންގް ނައިޓްމޯޑް ބޭނުންކޮށްގެން ލޯލައިޓް ފޮޓޯނަގާލެވެއެވެ.
ސެމްސަންގް ގެލެކްސީ ޒީ ފްލިޕްގެ އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި ފޯނުގައި ބޭނުންކޮށްފައިވާ ސޮފްޓްވެއަރ ވަނީ ފާހަގަ ކޮށްފައެވެ. ގޫގުލް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ފްލެކްސް މޯޑް ބޭނުންކޮށްގެން ފޯނުގެ ސްކްރީން 4 އިންޗީގެ 2 ސްކްރީނަށް ބަދަލުކޮށްލެވޭތީ ފޮޓޯ އަދި ޔޫޓިއުބް ބޭނުންކުރަން ފަސޭހަވެއެވެ.މަލްޓިޓާސްކް ކުރުމުގެ ގޮތުން ތަފާތު އެޕްލިކޭޝަން އެއްފަހަރާ ބޭނުންކޮށްލެވޭނެހެން ތައްޔާރުކޮށްފައިވާ މިފޯނު އެންމެ ފުރަތަމަ ލިބެންހުންނާނީ އެމެރިކާ އަދި ކޮރެއާގައެވެ. މިފޯނު ދަނބުކުލަޔާ ކަޅުކުލަ ފުރަތަމަ ނެރުނު ކަމުގައިވިޔަސް ވަރަށް އަވަހަށް ރަން ކުލަވެސް ލިބެން ހުންނާނެކަމަށް މައުލޫމާތުލިބެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *