ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަންޑޭއެއްގެ ގޮތުގައި ހަމަޖައްސައި އާންމުކޮށް އެންމެންނަށް ސްޕްރީމްކޯޓަށް ޒިޔާރާތް ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން ފުރަތަމަ އޯޕަންޑޭގެ ގޮތުގައި 05 މާރޗް 2020 ވާ ބުރާސްފަތި ދުވަސްވަނީ ކަނޑައަޅާފައެވެ.

ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ އޯޕަންޑޭގެ ސެޝަންތައް ހަމަޖެހިފައިވަނީ ހެނދުނު 9:00 - 10:00 އަށް ، 10:00 - 11:00 އަށް އަދި 11:00 - 12:00 ށެވެ. ކޮންމެ ސެޝަނަނަކަށް 10 މީހުން ވެއްދުމަށް ކަނޑައަޅާފައިވާއިރު ފުރުސަތުދެވޭނީ ސެޝަންފެށޭގަޑިއަށް އެންމެކުރިން ވަޑައިންނަވާ ބޭފުޅުންގެ ތަރުތީބުން ފުރުސަތުލިބޭ 10 ބޭފުޅުންނަށެވެ. ސެޝަން ފެށުމުގެ ވަގުތުޖެހުމަށްފަހު ވަޑައިނަވާ ބޭފުޅުންނަށް ޖާގަ އޮތްނަމަ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ފުރުސަތު ދެވެންނެތްނަމަ ދެންއޮންނަ ސެޝަނަކުން ފުރުސަތު ލިބޭނެކަމަށް ސްޕްރީމްކޯޓުން ނެރެފައިވާ ބަޔާނުގައިވަނީ ހާމަކޮށްފައެވެ.

މިފުރުސަތުގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމާއި ޝަރީއަތުގެ މަޖިލިސް އަދި ކޯޓް އިމާރާތް ދައްކާލުމުގެ ޓުއަރއެއް ހިމެނިގެންވެއެވެ. މީގެއިތުރުން ސެޝަން ކުރިއަށްދާ ވަގުތު ކޯޓުގައި ޝާރީއަތެއް ކުރިއަށްދާނަމަ ޝަރީއަތަށް ވަނުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމުގައި ވެއެވެ. ނަމަވެސް ޓުއަރއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކޯޓަށް ވަދެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރުމުންނެވެ. 

ސްކޫލް ، އިންސްޓިޓިއުޝަން ނުވަތަ މަދަނީ ޖަމާއަތްތަކުން އަދި އެހެނިހެން ފަރާތްތަކުން ޚާއްސަ ޓުއަރއަކަށް އެދެންބެނުންވާނަމަ އެކަމުގެ ފުރުސަތުއޮންނާނެކަމަށާއި އެކަމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިސެޝަންތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދދަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 3009990 އާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެކަމަށް މިބަޔާނުގައިވަނީ ބުނެފައެވެ.

  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *