އެއަރބަސް ގެ ފަރާތުން ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ މަތިންދާބޯޓް ސިންގަޕޫރުގެ އެއަރޝޯގައި ދައްކާލައިފިއެވެ. ޖައްވުގެތެރެއަށް ކާބަން ބޭރުވާ މިންވަރު ގާތްގަނޑަކަށް 20 އިންސައްތަ ދައްކުރުމުގެ ގޮތުން މި އުޅަނދު ޑިޒައިން ކޮށްފައިވަނީ އެހެން އުޅަނދުތަކާ ހިލާފަށް ބޯޓުގެ ބޮޑީ އަދި ވިންގު އެގަތިގަނޑަކަށް ވާކަހަލަ ޑިޒައިނަކަށެވެ.
ޔޫރަޕަށް ނިސްބަތްވާ އެއަރބަސް ކުންފުނިން 2019 ވަނަ އަހަރުން ފެށިގެން ކޯޑް ނަމަކަށް " މޭވްރިކް " ގެނަން ދިނުމަށްފަހު 3.2 މީޓަރު ފުޅާމިނުގެ ( 10.5 ފޫޓު ) ނަމޫނާ އުޅަނދެއް ތައްޔާރުކުރުމަށްފަހު ފްރާންސްގެ މެދުތެރޭގައިވާ ސިއްރު ސަރަހައްދެއްގައި ވަނީ މިއުޅަނދު ޓެސްޓުކޮށްފައެވެ. މިއުޅަނދުގައި ބޭނުންކޮށްފައިވާ ވިންގާއި ބޮޑީ އެގަތިގަނޑަކަށްވާ ޑިޒައިނަކީ 1940 ވަނައަހަރުގައިވެސް ބޭނުންކޮށްއުޅޭ ޑިޒައިނެކެވެ. ޔޫއެސް ބީޓޫ ބޮމްމަރ އަދި ބޮއިންގ ކުންފުންޔާ ނާސާގެ ރިސަރޗް ޕްރޮޖެކްޓް ކަމުގައިވާ އެކްސް 48 ގައިވެސް ބޭނުންކުރެވުނީ މިޑިޒައިނެވެ. ޖެޓް ތައްޔާރުކުރާ އިންޑަސްޓްރީއިން ތިމާވެއްޓާއި ރައްޓެހި ޑިޒައިން ތަކަށް އުޅަނދުތައްޔާރުކުރުމަށް އަހައްމިއްޔަތުކަން ދެމުންއަންނާތީ ޕަސެންޖަރުން އުފުލާ އުޅަންދު ތައްޔާރުކުރާ ފަރާތްތަކުން ވެސްމިފަދަ ޑިޒައިންތައް ބޭނުންކުރުމަށް އިސްކަންދެއެވެ.
އެއަރބަސްގެ އިންޖިނިއަރިންގގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓް ޖީން ބްރައިސް ޑިއުމޮންޓް ވިދާޅުވިގޮތުގައި މިއީ މިޓެކްނޮލޮޖީ އިތުރަށްދިރާސާކޮށް މީގެން ލިބެންހުރި ފައިދާތަށް ދެނެގަންނަންވީ ވަގުތު ކަމަށާއި މިއީ ތިމާވެށީ ރައްކާތެރިކުރުމަށް މިފަދައާ ޓެކްނޮލޮޖީގެ ބޭނުންހިފަންވީ ވަގުތުކަމަށެވެ. އަދި މަތިންދާބޯޓުގެ މުސްތަގްބަލަކީ މިފަދަ ޓެކްނޮލޮޖީކަމަށާއި ، ދިރާސާކުރަމުން މިދަނީ އޮޕްޝަނެއް ކަމަށް ވަނީ ވިދާޅުވެފައެވެ.2030 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ކުރުދަތުރުތައްކުރާ ފްލައިޓްތަކުގައި މިޑިޒައިން ބޭނުންކުރެވޭނެކަމާމެދު ވަކިއެއްޗެއްބުނަން އަދި މާއަވަސްކަމަށެވެ. މީގެއިތުރުން ކުރިން ހެދިފައިވާ ޓެސްޓުތަކުން މިފަދަ އުޅަނދުފަހަރު ގެބަރުދަންލުއިކޮށް ތައްޔާރުކުރެވޭ މެޓީރިއަލްތަކާ ، އުޅަނދުގެ ފްލައިޓްކޮންޓްރޯލް އިތުރަށްރަނގަޅުކުރެވޭފަދަ ކޮމްޕިއުޓިންގ ޕަވަރ ގާއިމްކުރެވިފައިވަކަމަށް ޑިއުމަންޓް ވިދާޅުވިއެވެ.
އެއަރބަސްއިން މިހާރު މަސައްކަތްކުރަމުންދަނީ މިއުޅަދުގެ ކެބިން މަސައްކަތްކުރާނެ ގޮތަކާއި އެއަރޕޯރޓްތަކުގައި މިއުޅަނދު ބޭނުންކުރާނެ ގޮތްތައްހޯދުމަށެވެ. މީގެއިތުރުން ޖަވާބް ނުލިބިވާ ސުވާލަކީ މިފަދަ އުޅަނދެއްގައި ބޭނުންކުރެވޭނީ އެހެންއުޅަނދުތަކާ އެއްފަދައިން ކުޑަދޮރުތޯ ނުވަތަ ވީޑީއޯ ސްކްރީންތޯއެވެ.