ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ މިދަނޑިވަޅުގައި، މި ކަމަށް ޙައްލެއް ގެނެވޭތޯ ނުހަނު މަސައްކަތްކުރާ އެކަކީ ޑރ. ޢާއިޝަތު ޢަލީ ނާޒްއެވެ.
އިއްޔެގެ ވަގުތެއްގައި އެބޭފުޅާގެ ފޭސްބުކްޕޭޖުގައި ލިޔެފައިވެއެވެ. "އެކަހެރިކޮށް އުޅެވޭނެ ކޮޓަރިއާއި މިނިވަންކަންނެތިގެން ކިތައް ދެމަފިރިންތޯ ގެސްޓްހައުސްތަކުން ކޮޓަރިހިފައިގެން ދަނި؟ މިހެންއުޅެން މަޖުބުރުވެފައިވާ ބޭފުޅުން ޤަބޫލުކުރައްވާނެ. އެ އިތުރުފައިސާކޮޅު ނުލިބޭ ފަރާތްތަކުގެ ޙާލަތު ވިސްނަވާ. މިކަންކަން ޙައްލުނުވިއްޔާ ދެން ކޮންކަމެއްވާނީ؟"
މި ޕޯސްޓުކުރުމުގެ ކުރިންވެސް، ކުޑަކުދިންނަށްކުރާ ޖިންސީގޯނާތައް ހުއްޓުވުމާބެހޭގޮތުން، ޑރ. ޢާއިޝަތު ޢަލީ ނާޒް ވަނީ މިފަދަ އެތައް ޕޯސްޓެއްކޮށް، މިކަންކަން ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޑރ. ޢާއިޝަތު ޢަލީ ނާޒްގެ ބައެއް މިފަދަ ޕޯސްޓްތައް
ތޮއްޖެހިފައިވާ މާލޭގައި، ތަފާތު އެކިއެކި ސަބަބުތަކަކަށްޓަކައި ދިރިއުޅެމުންގެންދާ ހުރިހާފަރުދުންވެސް މިއީ ވިސްނާަލަންޖެހޭ ކަމެކެވެ. ޖިންސީގޯނާކުރުމޭ ކިޔާ އަޅުގަނޑުމެން އަޑުއުފުަލަމުންދާހިނދު، މިފަދަ ކަންތައްތައް ދިމާވާން މެދުވެރިވާ ސަބަބުތަކާމެދު ވިސްނާލަނީ ކިތައްބޭފުޅުންތޯއެވެ؟
ކުޑަކުދިންނަށްކުރާ ޖިންސީގޯނާތަކުގެ މައްސަލަތައް، ތަފާތު ސަބަބުތަކަށްޓަކައި ބައެއް ޢާއިލާތަކުން ދަނީ ސިއްރުކުރަމުންނެވެ. އެހެންނަމަވެސް މިފަދަކަންކަމީ ސިއްރުކޮށްފައި ބެހެއްޓުމުގެ ސަބަބުން ނުހަނު ބޮޑެތިގެއްލުންތައް މުޖުތަމަޢުއަށް ލިބެމުންދާ، ވަރަށް ހިތާމަވެރިކަންކަމެވެ. މިއީ މުޖުތަމަޢުގެ ހުރިހާ ފަރުދުންވެސް ޒިންމާނަގައިގެން ޙައްލުކުރެވޭނެ ކަންކަމެވެ. ހަމައެހެންމެ މިފަދަ ޢަމަލުތަށްހިންގާ މީހުނަށް ޙައްޤުއަދަބުދެވެން ޖެހެއެވެ.