ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓް އޮންލައިންކޮށް ބައްލަވައިގަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދެއްވުމުގެ މަޤްސަދުގައި މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ތައާރަފް ކޮށްފިއެވެ. މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ރިޒްވީއެވެ. 

މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ޓިކެޓް ބުކް ކުރުމާއި ، މޯލްޑިވިއަން ދަތުރުކުރާ މަންޒިލްތަކުގެ ފެއަރ ހޯދުމާއި ، ފައިސާ ދެއްކުން އަދި ދަތުރު ޕްލޭން ކުރުމާއި ކުރިން ކޮށްފައިވާ ދަތުރު ތަކުގެ ހިސްޓްރީ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ތަފާތު ޕްރޮމޯޝަން ތަކާ އެހެނިހެން މައުލޫމާތު އެއްތަނަކުން ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މިހާރު މިއެޕްލިކޭޝަން ގޫގުލް ޕްލޭ އަދި އެޕަލް ސްޓޯއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއެޕްލިކޭޝަން ތައާރަފްކުރި ކަމުގައިވިޔަސް މޯލްޑިވިއަންގެ ކޯލްސެންޓަރުގެ ހިދުމަތާއި ވައިބަރ މެދުވެރިކޮށް ދެމުން އައި ޓިކެޓް ނެގުމުގެ ހިދުމަތަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށްދާނެކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.  

ރިޒްވީ ވިދާޅުވިގޮތުގައި މޯލްޑިވިއަންގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުންގެންދާ ކަމަށާއި މޯބައިލް އެޕްލިކޭޝަންއެއް ތައާރަފް ކުރިސަބަބަކީވެސްއެއީ ކަމަށެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް އޮތްތަނުގައި ރީފަންޑު ކުރުން ފަދަ ސަރވިސްތައް ލިބިގެންދާނެކަމުގައި ރިޒްވީ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.