މިދިޔަ އަހަރުގެ ޑިސެމްބަރު 5ވަނަ ދުވަހު ރަޙުމުކުޑަ ގޮތަކަށް ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު ޤާސިމް ހަސަންގެ މަރާއި ގުޅިގެން ދައުލަތުން ހުށަހެޅި ސިއްރު ހެކިތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.

މިމައްސަލައިގައި ދައުވާލިބޭ، ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އޭނާ ވަނީ އިޢުތިރާފްވެފައެވެ.

އެ މައްސަލައާއި ގުޅިގެން މިއަދު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ބުނީ ސިއްރު ހެކިންގެ ބަޔާންތަކާއި ގާސިމަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯތައް ސިއްރު ކުރަން އެދިފައިވާނެ ކަމަށެވެ. އެހެންވެ، އެ ލިޔުންތައް ދައުވާ ލިބޭ މީހާ އަށް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދައުލަތުން އެދުނު ފަދައިން އެ ލިޔުންތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެން ނިންމެވީ ކަމަށާއި އެހެންވެ، މައްސަލައިގެ ލިޔުންތައް އަދުހަމަށް ދޫކުރުމުގައި ވެސް، އެ ލިޔުންތައް ދޫނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދުހަމަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައި ދީފައިވާ ވަކީލާ ވިދާޅުވި ގޮތުގައި، މައްސަލައިގެ ލިޔުންތަކެއް އަދުހަމަށް ވަނީ ލިބިފަ އެވެ. އެކަމަކު، އެ ލިޔުންތައް އޭނާ އަށް ނުލިބޭ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންވެ، ލިޔުންތައް ފުރިހަމައަށް ހުރިކަން ނުވަތަ ނޫންކަން މި ވަގުތު ދަންނަވަން ނޭނގޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ މައްސަލައިގައި އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ހަދާފައިވާ ކަމަށާއި އެހެންވެ، އެ މައްސަލައިގެ އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންދަން އެދޭ ކަމަށެވެ. އަދި އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނޭކަމަށް ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *