ހދ.ކުމުންދޫގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުންދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
މިބަލީގައި ގައިގައި ބިހިތަކެއް ނެގުމާއެކު ގަދަޔަށް ހުންއާާދެެއެެެެވެ. އަދި މިބައްޔަކީ ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ.
ކުމުންދޫގެ ރައީސް ހާމަކުރައްވާފައިވާ ގޮތުގައި މިބަލި އެރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާތާ ތިން ހަފްތާވަރު ވެފައިވާއިރު މިހާރު ރަށުގައި ހުންނަ ފާރމަސީއިން ގިނަ ވެކްސިންތަކެއް ވަނީ ހުސްވެފައެވެ. "މިހާރު ގިނަ ބަޔަކު ވެކްސިން ޖަހަމުންދަނީ. އެކަމަކު ރަށުގައި ހުންނަ ފާމަސީން އެކަށީގެންވާ ވަރަށް ވެކްސިން ނުލިބޭ." ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމާއި ގުޅިގެން ކުމުންދޫގެ ސިއްޙީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ދުވަސްވަރު ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުންދާތީ މި ބައްޔަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމަށާއި ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ސެނަޓައިޒާ ބޭނުން ކުުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މީގެ އިތުރުން ބަލިޖެހިފައިވާ މީހުން ބަލި ރަނގަޅު ވަންދެން ގޭގައި މަޑުކުރުމަށާއި ބަލި މީހާވަކިން ގެންގުޅެ، އެ ބަލި ޖެހިފައިވާ މީހާ ބޭނުން ކުރާތަކެތި ވީވަރަކުން އަތްލުން މަދުކޮށް ކޮންމެ ދުވަހަކު ދޮވުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ކުމުންދޫގެ ރައްޔިތުންނަށް މި އިއުލާނުގައި އިލްތިމާސް ކުރެއެވެ