ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް އެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރާ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އަދުހަމްގެ މައްޗަށްކޮށް އެމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އަދުހަމްގެ މައްޗަށް ދައުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، އޭނާ ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19ވަނަ ދުވަހުގެ ރޭގައެވެ. 
ގާސިމް މަރާލިކަމަށް އިޢުތިރާފު ވަމުން އަދުހަމް ބުނެފައިވަނީ ގާސިމްއަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭނާ ބުނެފައިވަނީ ގާސިމްއަށް ހަމަލާދީފައިވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.
ގާސިމްއަށް ހަމަލާދިން ކަމަށް އޭނާ އެއްބަސްވެފައިވާއިރު ގާސިމްއަށް ހަމަލާދިން ރޭ އޭނާލައިގެން ހުރި އަންނައުނާއި ހަމަލާދިނުމަށް ބޭނުންކުރި ވަޅިވެސް ފުލުހުން ހޯދާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.