އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި މުހައްމަދު އިސްމާއިލ ބެހެއްޓުމަށެވެ. ބަންދުގެ މުއްދަތު އިއްޔެ ހަމަވުމާއި އެކު މުހައްމަދު އިސްމާއިލް ވަނީ މިނިވަންވެފަ އެވެ.

އޭނާއާ އެކު އިތުރު ބަޔަކުވެސް ހައްޔަރުކުރި އެވެ. އެ އެންމެންވެސް ވަނީ ދޫކޮށްލާފަ އެވެ. އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކުގައި ޕާޓީގެ ސަޕޯޓަރުންނާއި ލައިވް މަންޒަރުތައް ކަވަރުކުރަން އުޅޭ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަނެއް ދަނީ ލިބެމުންނެވެ.

ކޮވިޑް-19 ގެ ތިންވަނަ ރާޅާއި އެކު ރާއްޖެ މިސްރާބު ޖަހާފައިވާއިރު ގައިދުރުކަމެއް ނެތި ކޮންމެ ދުވަހަކު ކަހަލަށް ގޮތަށް މަގުތަކަށް އެއްވަަމުންދާތީވެ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންވެސް އިދިކޮޅަށް ދަނީ އަމާޒުވަމުންނެވެ.

އެކަމަކުވެސް އެ މީހުން ތިބީ ދޫދޭގޮތަކަށް ނޫނެވެ. ޕީޕީއެމް/ޕީއެންސީ އިން ބުނަމުންދަނީ ކުރަމުންދާ މުޒާހަރާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *