އެއް ނަގިލީގައި އަޅާފައި އޮތް ދެ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާ ދާތީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމަކާއި ގުޅިގެން އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކ. ތިލަފުށީ ކައިރީގައި އެއްނަގިއްޔެއްގައި އަޅާފައި އޮތް ދެ ބޯޓް ނަގިލިކަނޑައިގެން ގޮސް އޮޔާދާތީ އެމްއެންޑީއެފް ކޯޓްގާރޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އެއްވެސް މީހަކު ނެތް މި ދެ ބޯޓް އޮޔާދާ ކަމުގައި މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު ބާރަ ޖެހިއިރުކަމަށްވެސް އެމްއެންްޑީއެފުން ބުނެފައިވެއެވެ.