ލެ ސޫކް ކެފޭގައި އިންދާ ޗެނަލް-13ގެ ސްޓޭޝަން އިންޗާރޖު ފުލުހުން ވަނީ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަނިޔާވެރި ގޮތަކަށް، ކެފޭގެ ފުރަތަމަ ފަންގިފިލާގައި އިންދާ ނޫސްވެރިޔާ ހައްޔަރުކޮށްގެން ގެންދާ މަންޒަރުތަކާއެކު ފުލުހުންގެ މީޑިއާއާ ސުވާލުތައް އަމާޒުކުރަން ފެށުމުން، ފުލުހުންގެ މީޑިއާ ޓީމުން ބުނީ ކަން ހިނގިގޮތް ސާފުކޮށް ޖަވާބެއްދޭނެކަމަށެވެ.

އޭގެ ދެ ގަޑިއެއްހާއިރު ފަހުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާއިން ބުނީ ހުކުރު ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަށްފަހު ލެ ސޫކް ކެފޭ ތެރެޔަށް ވަދެފައިވާކަމަށެވެ. އަދި، ކެފޭ ތެރެއަށް ވަން މީހުން އެތަނުން ނެރެފައިވާކަމަށާއި، އެ މަސައްކަތް ކުރަމުން ދަނިކޮށް ޗެނަލް13ގެ ނޫސްވެރިޔާ ހިމެނޭ ގޮތަށް ހަމަނުޖެހުން ހިންގާފައިވާކަމަށެވެ. އަދި، ނޫސްވެރިޔާ ބިންމައްޗަށް ވެއްޓި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށެވެ.

ފުލުހުން ބުނީ، ނޫސްވެރިޔާ އެތަނުން ނެރުމުން، ނޫސްވެރިއެއްކަން އެނގި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ މެސެޖުގައިވާ ހުރިހާ ވާހަކަތަކަކީ ދޮގުކަން ވަނީ ހާމަވެފަ އެވެ.

ފުލުހުން ޗެނަލް13ގެ ނޫސްވެރިޔާ ހައްޔަރުކުރީ ކެފޭގެ ފުރަތަމަ ފަންގިފިލާއިންނެވެ. ފުލުހުން އެ ކެފޭއަށް ވަދެ އޭނާ ހައްޔަރުކުރީ އިރު އޮއްސި، 7:00 ވެސް ޖެހިފަހުންނެވެ. އޭރު މުޒަހަރާވެސް ނިމި، ސަރަހައްދުވެސް އޮތީ އެއްކޮށް ފިނިވާން ފަށާފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން މައްޗަށް އަރައިގެންދަނީ ޕީޕީއެމް/ޕީއެންސީގެ ގިނަ އެކްޓިވިސްޓުންތަކެއް ގްރައުންޑް ފަންގިފިލާގައި ތިއްބަ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ނުބަލާ، ފުލުހުން އެއްވަން ފަންގިފިލާއަށް އަރައި، ޗެނަލް13ގެ ނޫސްވެރިޔާ ހައްޔަރަށް ގެންދެ އެވެ. އޭނާ ހައްޔަރަށްގެންދާއިރު، ސްޓޭޝަންގެ އިތުރު ނުސްވެރިން އެއީ ނޫސްވެރިޔެއްކަމަށާއި، މަސައްކަތްކުރަނީ ޗެނަލް13ގައި ކަން ގޮވާ އަޑު އިވެއެވެ. އަދި އޭނާގެ ކަރުގައި ނޫސްވެރިޔެއްކަން އަންގައިދޭ ފާސްވެސް އޮވެ އެވެ.

އެހެންކަމުން ނޫސްވެރިޔާ ހައްޔަރުކުރިއިރު، އެއީ ކާކު ކަމާއި، މަސައްކަތްކުރަނީ ކޮންތާކުކަމާއި، އެއީ ނޫސްވެރިޔެއްކަންވެސް ފުލުހުންނަށް އެނގޭނެކަން ކަށަވަރުވެ އެވެ.

ފުލުހުންގެ މެސެޖާއި ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަނެއްކާވެސް ފުލުހުންގެ މީޑިއާ އާއި އަމާޒުވި އެވެ. އަމާޒުވި ފާޑުކިޔުންތަކާއި ސުވާލުތަކާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ދެވަނަ މެސެޖެއް ނޫސްވެރިންނަށް ފޮނުވި އެވެ.

އެ މެސެޖުގައި ބުނެފައިވަނީ މި މައްސަލާގައި ޤާނޫނާއި ގަވައިދާ ހިލާފަށް، ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑް އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

3 ކޮމެންޓް

  1. މާ ގުޅެން އުޅޭނެ ކަމެއް ނެތް. ކަލޭމެން ތީ އިބުރާހިމް މުޚައްމަދު ސޯލިހް ކުރާ ވައްކަން ފޮރުވާ ބައެއްނު

  2. 2012 ގައި އިދިކޮޅު މީހުންނާ ފުލުހުންގެތެރެއިން ބަޔަކާ ޖެސްސިއެތިތިޖަސްސަނީ ދެންބަލަން ތިބޭ އަތަށްގޮވަންދެން މިނޫނީ ވެރިކަން ހޯދާފަ ވެރިކަން
    ކުރަން ނޭގޭބަޔަކު ނުދެކެން ބޯހަލާކު (ދެންވެސް
    އަވަހަށް ހަރުދަނާ ވެބަލަ ޕީސީ ހަމީދު އެހެންތާކަށް
    ބަދަލްކޮއްފަ އެހެންމީހަކުލާބަލަ ނޫނީމީތި ހަމަގޮވާނީ
    ޢަތަށް

  3. ފުލުހުންގެ މައްސަލައެއް ފުލުހުން ބެލީމައި އިންސާފްވެރިއެއް ނުވާނެ. އެކަން ފުލުހުން އެބަ ދަންނަން ޖެހޭ.
    ޕްރިފެޝަނަލް ސްޓޭޑާޑް ކޮމާންޑް ކިޔަސް އެއީ އެއްވެސް ޕްރޮފެޝަނަލް ކަމެއް އޮންނަ ބައެއް ނޫން.

ކޮމެންޓް

Your email address will not be published. Required fields are marked *