ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކޮށްފިއެވެ.
ސަލީމްއަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރެެވެ.
މައިނޯރިޓީ ލީޑަރު ކަމަށް އޭނާ ކަނޑައަޅާފައިވަނީ ރައްޔިތުންގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމަށް ބަދަލުވެއްޖެކަން މަޖިލީހުގެ ސެކްރެޓޭރިއަޓަށް ބަލައިގަތުމުންނެވެ.
މަޖިލީސް މިހާރު ތަމްސީލްކުރައްވާ ޕާޓީތަކުގެ މެންބަރުންގެ އެންމެ ގިނައީ އެމްޑީޕީގައެވެ. އެގޮތުން އެޕާޓީޮގެ 65 މެންބަރުން މަޖިލީހުގައި އެބަތިއްބެވެ. އޭގެ އިތުރުން ދެން މައިނޯރިޓީ ޕާޓީ ޕީޕީއެމްގެ ހަ މެމްބަރުން ހިމެނޭއިރު، ޖުމުހޫރީ ޕާޓީ ތަމްސީލުކުރައްވަނީ ފަސް މެންބަރުންނެވެ. ޕާޓީތަކަށް ބަލާއިރު ދެން ތިއްބެވީ ޕީއެންސީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުންނެވެ.
މައިނޯރިޓީ ލީޑަރަށް ވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ސަލީމް ވިދާޅުވީ ޑިމޮކްރަސީގައި މައިނޯރިޓީއަށް އިހުތިރާމް ކުރަންޖެހޭކަމަށާއި، ނަމަވެސް މިހާރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. އެގޮތުން ބާރު ލިބުމާއެކު ކޮންމެ ބަޔަކުވެސް އިދިކޮޅު ނިކަމެތިކޮށްލާ އެއީ ނެތް އެއްޗަަކަށް ހަދާލަން މަސައްކަތްކުރާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *