ދާދި ދެންމެއަކު ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ގިނައަދަދެއްގެ ބިސްކޭސް ތަކެއްމަގުމައްޗަށް ފުރޮޅާލާ ބިސްތަކެއް މަގުމައްޗަށް ތެޅިއްޖެއެވެ.

ހުޅުމާލޭގެ ޗައިނާޓައުން ސަރަހައްދުގައި ހުންނަ 'ރެޑްވޭވް' ކައިރީގައި، މި ހާދިސާ ހިނގަންދިމާވީ މުދާބަރުކޮށްގެން ދަތުރުކުރި ޕިކަޕެއްގައިހުރި ބިސްކޭސް ތަކެއް މަގުމައްޗަށް ފުރޮޅާލައިގެންނެވެ. 

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިިނަމަވެސް، މަންޒަރުދުށް ފަރާތްތަކުން 'ޖަޒީރާ ނިއުސް' އަށް މައުލޫމާމާތު ދެއްވިގޮތުގައި މި ޕިކަޕް ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި، އަދި މި ބިދޭސީ ޑްރައިވަރު އަތުގައި ލައިސަންސް ވެސް ނެތްކަމަށެވެ.. އަދި ބިދޭސީ ޑްރައިވަރާއި އެކު މިމަސައްކަތުގައި ބައިވެރިވެ އުޅުނީ 'ރެޑްވޭވް' ގެ ޔުނިފޯމްގައި ތިބި ބިދޭސީން މުވައްޒަފުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހުޅުމާލޭ ޗަނބޭލީ މަގުގައި، މިހާދިސާ ހިނގި ސަރަހައްދުގައި މިހާރުފުލުހުންދަނީ ހަރަކާތްތެރި ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *