އއ. މާޔާފުށިން ހުޅުލެއަށް 28 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއް މާޔާފުށީ ފަރަށް އަރައިފިއެވެ. މިއަދު ހެނދުނު 7:45 އެހާކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ނުވާކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ހާދިސާ ހިނގިއިރުގައި އެ ލޯންޗުގައި 25 ގެސްޓުންނާއިއެކު ދިވެހިންގެ ދެމީހަކާއި ބިދޭސީ ފަޅުވެރިއަކު ހުރި ކަމަށެވެ.
އަދި ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއިއެކު ވަނީ އއ. މާޔާ ފުށްޓަށް ގެންގޮސްފައިކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި ފަރަށް އަރާފައިވަނީ "ސްވެނިއާ 19" އެވެ. އެއީ ގާތްގަނޑަކަށް 40 ފޫޓުގެ ލޯންޗެކެވެ. އެމް. އެން.ޑީ.އެފް އާއި ލޯންޗްގެ ވެރިފަރާތުން ލޯންޗް ފުން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، އެމް.އެން.ޑީ.އެފް އިން ހާމަކުރިއެވެ. މި މަސައްކަތުން ލޯންޗް ފުން ކުރެވިފައިވަނީ ލޯންޗްގެ ވެރިފަރާތުން ހަމަޖެއްސި އެހެން އުޅަނދެއްގެ އެހީތެރިކަމާވެސް އެކުގައެވެ.
(އިތުރު ތަފްސީލް އަންނަނީ)