ކުރިއަށް އޮތް މަހެއް، ދޮޅުމަހެއްގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށް ވަކި ޚާއްސަ ޔުނިޓެއް ހަދާ އެތަނަށް އެމީހުން ބަދަލު ކުރާނެ ކަމަށް ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހަމައެކަނި ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށްޓަކައި، ކުރިއަށް އޮތް މަހެއް ދޮޅު މަހެއްހާ ދުވަހުގެތެރޭގައި ވަކި ޚާއްސަ ޔުނިޓެއް ތައްޔާރުކޮށް އެތަނަށް އެމީހުން އިރާދަކުރެއްވިއްޔާ ބަދަލު ކުރާނެކަމަށެވެ. އަދި މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ އެކަން ކުރާނީ އެމީހުންގެ ކަރާމާތް ނުގެއްލޭ ގޮތަށްކަމަށާއި، އެކަމަކު އެހެން މީހުންނާއި އެންގޭޖްވެ އެފަދަ ހަރަކާތްތައް މަގުފަހި ނުވާނެ ގޮތަކަށްކަމަށެވެ. 


ހަމައެކަނި ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށްޓަކައި، ކުރިއަށް އޮތަ މަހެއް، ދޮޅު މަހެއް ހާ ދުވަހުގެ ތެރޭގައި ވަކި ޚާއްސަ ޔުނިޓެއް ތައްޔާރުކޮށް އެ ތަނަށް އިރާދަކުރެއްވިއްޔާ އެމީހުން ބަދަލު ކުރާނަން. އެކަން ކުރާނީ އެމީހުންގެ އިންސާނީ ހައްޤާއި ކަރާމާއި ނުގެއްލޭ ގޮތަށް، އެކަމަކު އެހެން މީހުންނާއި އެންގޭޖްވެ އެފަދަ ހަރަކާތްތަކަށް މަގުފަހި ނުވާނެ ގޮތަށް

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓަރު ކަމަށް ވަޑައިގަތީ ޖަލުތަށް ރަނގަޅު ކުރަން ކަމަށާއި އިރާދަ ކުރެއްވިއްޔާ އެކަން ކުރާނެ ކަމަށެވެ. އަދި ﷲ އިރާދަފުޅުން ހޯމް މިނިސްޓަރުގެ މަގާމުގައި ހުރެވިއްޖެ ނަމަ އެ ނަތީޖާ ދައްކާނެ ކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގައި ފަހަކަށް އައިސް ހަރުކަށި ފިކުރުގެ މީހުން ތަފާތު ކުށްތަކަށް ދަނީ އަރައިގަންނަމުންނެވެ. އެގޮތުން ދާދިފަހުން ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް އަމާޒުކޮށްގެން ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އަމިއްލަ އަށް ޒިންމާ  ނަގާފައިވާ ހަމަލާއެއް ކަން ފާހަގަ ކޮށްލަމެވެ. އަދި މީގެ އިތުރުން ދާދިފަހުން ފުލުހުން ވަނީ މ.މަޑުއްވަރި އަށް އަރައި އެރަށުގައި ހަރުކަށި ފިކުރަށް އުޅޭ އެތައް ބައެއް ހައްޔަރުކުރުމަށް ބޮޑު އޮޕަރޭޝަނެއްވެސް ހިންގާފައެވެ. މިސަރުކާރުން ދަނީ ހަރުކަށި ފިކުރު ހުއްޓުވުމަށް ބޮޑު މަސައްކަތްތަކެއް ކުރަމުންނެވެ.

ސީރިޔާހަނގުރާމައިގައި ބައިވެރިވުމަށްގޮސް ހާލުގައި ޖެހިފައިތިބި ބަޔަކު ވެސް ރާއްޖެގެނައުމުގެ މަސައްކަތްކުރާކަމާއި، އެމީހުންގެނެސް، އާންމުންގެ ތެރެއަށް ދޫކޮށްލުމުގެ ކުރިން ރިހެބިލިޓޭޓްކުރެވޭނެ ތަނެއްގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *