ނިމިދިޔަ 2019 އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް އުފުލިގެން ގޮސްފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.
2018 ވަނައަހަހަރާއި އަޅާބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.29 އިންސައްތަ އުފުލިފައިވާ ކަމަށް މި އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެންބީއެސް އިން އާއްމުކުރި މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭ މިންގަނޑު، އިންފްލޭޝަން ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހާއި ހަމައަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.13 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް އަހަރުގެ ފަހު އެއްމަސްދުވަހުގެ ތެރޭގައި މިއަދަދު ވަނީ 0.48 އިންސައްތަ އިތުރުވެފައެވެ.
2019 އަހަރު އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާ ބައެއް ބާވަތްތައް
- ފޯން ކޯލުގެ ޚިދުމަތުގެ ބައިން 2.10 އިންސައްތަ
- އެއްގަމު މަހުގެ ބައިން 1.56 އިންސައްތަ
- ތަރުކާރީގެ ބައިން 21.17 އިންސައްތަ
2019 އަހަރު އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައެއް ބާވަތްތައް
- މަހުގެ ބައިން 1.19 އިންސައްތަ
- ވީޑިއޯ އާއި އޯޑިއޯ ރެކޯޑްކުރުމާއި ލަވަ ޖެހުމަށް ބޭނުން ކުރާ އާލާތްތަކުގެ ބައިން 2.50 އިންސައްތަ
- މޭވާގެ ބައިން 1.71 އިންސައްތަ
- މޮޓޯސައިކަލުގެ ބައިން 0.54 އިންސައްތަ
- އަންނައުނުގެ ބައިން 0.33 އިންސައްތަ
- ޕަސެންޓް އަދި ފޯނުގެ އާލާތްތަކުގެ ބައިން 0.73 އިންސައްތަ
- އެހެނިހެން މައުލޫމާތާއި މުވާސަލާތީ ހިދުމަތުގެ ބައިން 0.69 އިންސައްތަ