ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕާރލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޙުސެއިން ޝަހީމް (އަނދުން ހުސޭން) މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން މިއަދު ޓްވީޓު ކުރައްވަމުން ވިދާޅުވީ މާލެއަކީ ވަކި ބައެއްގެ ތަރިކައެއް ނޫންކަމަށެވެ. އަދި ގްރޭޓަރ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނު ތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހިރައްޔިތުންގެ އެސެޓެއް ކަމަށެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ނަސްލީ ތަފާތު ކުރުން ބޮޑުކުރާނަމަ މާލެ ހިފަން ޖެހިދާނެ ކަމަށާއި މާލޭ ދަފުތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓަރީއަށް ބަދަލު ވުމަށް ސައުދު ގޮވާލެއްވިފއެވެ.
މާލެ އަކީ ވަކި ބައެއްގެ ތަރިކައެއް ނޫން. ގްރޭޓަރ މާލެ ތަރައްޤީ ކުރުމަށް ނެގި ލޯނު ތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓް. ނަސްލީ ތަފާތު ކުރާނަމަ މާލެ ހިފަން ޖެހިދާނެ. މާލެ ދަފްތަރުގައި ޖެހިފައިވާ އެންމެން ރަށު ރަޖިސްޓަރީއަށް ބަދަލުވުމަށް ގޮވާލަން.
ސައުދު މިމޭރުމުން ޓްވީޓު ކުރެއްވި އިރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އަނދުން ހުސެއިން ދެއްކެވި ވާހަކަފުޅަށް ތާޢިދުވެސް ކުރަމުންނެވެ.