10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެ ރަށްރަށްށުގެ ކައުންސިލްތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ދެމެދު ފަހުމްނާމާތަކުގައި ސޮއިކޮށްފި އެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ 2021 ވަނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކު ސޮއި ކޮށްފައިވާ ކައުންސިލްތަށް:

    • ހއ. އިހަވަންދޫ
    • ހއ. ދިއްދޫ
    • ހއ. ވަށަފަރު
    • ހއ. އުތީމު
    • ހދ. ނައިވާދޫ
    • ހދ. ހަނިމާދޫ
    • ހދ. ނޮޅިވަރަންފަރު
    • ހދ. ނެއްލައިދޫ
    • ށ. ނަރުދޫ
    • ގދ. ތިނަދޫ

2021 ވަނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 9144896.00 ރުފިޔާ (ނުވަ މިލިއަން އެއްލަށްކަށް، ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަ ރުފިޔާ) އެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް މިނިސްޓްރީ އޮފް އެންވަޔަރަންޓުގެ ފަރާތުން ޓެކްނިކަލް ލަފާ ކައުންސިލަށް އެރުވާނެ އެވެ.

މި މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ކައުންސިލްގެ ފަރާތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *