ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ދެމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭނުްކުގެ ޑިރެކްޓަރަކު ހޮވުމަށް، އާންމު ހިއްސާދާރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމަށްފަހު ބޯޑު މެމްބަރުން އައްޔަން ކުރާ މިއީ ފުރަތަމަ ފަހަރެވެ.
މިމަހުގެ އަށްވަނަ ދުވަހު އެކުންްފުނިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ކުރިޔަށް މި އޮތް ތިންއަހަރު ދުވަހަށް ޢައްޔަން ކުރެވޭ، ކުންފުނީގެ ހިންގާ ގަވާއިދުގައި
މާނަކުރެވިފައިވާ ފަދައިން ތަމްޞީލުކުރާނެ އިލެކްޓަޑް ޑިރެކްޓަރުކަމަށް، ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައެވެ. އަދި މި ފުރުސަތު ހުޅުވާލެވިފައިވަނީ ކުންފުނީގެ އާންމު ޙިއްސާދާރުންނަށެވެ.
ނިމިދިޔަ 2019 ވަނަ އަހަރު މުޅިން އަލަށް ވިއްކަން ފެއްޓި އެމްއައިބީގެ ޙިއްސާދާރަކަށްވާން ބޭނުންވާ ބޭފުޅުން، މިހިނގާ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެމްއައިބީއަށް ފޯމް ހުށަހަޅަންޖެހޭނެއެވެ. ބޭންކުގެ ކޮމްޕެނީ ސެކެޓްރީއަށް އެޑްރެސްކޮށް ހުށަހަޅަންޖެހޭ މި ފޯމު މިހާރު އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްއައިބީގެ އިއުލާނުގައި ބުނެއެވެ.
ބޯޑު ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ދިރާސާކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކާ
އިންޓަވިއު ކުރެވޭނެއެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ނަންތައް މި އަހަރު ބާއްވާ އެ ކުންފުނީގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާގައި ވޯޓަށް ހުށަހަޅާނެ އެވެ. މި މަގާމަށް މީހަކު އައްޔަން ކުރާނީ އަހަރީ އާއްމު ޖަލްސާ އަށް ހާޒިރުވާ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *