ވައްޓަފާޅިދުނިޔެ

އަތެއް ނެތް ނަމަވެސް، ނެށުމުގެ ހުނަރުން އެތައް ބަޔެއްގެ ސަމާލުކަން!

ބްރެޒިލްގެ މިނަސް ގެރައިސްއަށް އުފަން ވިޓޯރިއާ ބުއެނޯ އުފަންވިއިރު، އަތެއް ނެތް ނަމަވެސް، ބެލެރީނާއަކަށް ވުމުގެ ފަންނުގައި އޭނާގެ ހުނަރުން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ.

16 އަހަރުގެ ވިޓޯރިއާ އަކީ އުފެދުމުގެ ވިރާސީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަތާއި ނުލައި އުފަންވެފައިވާ ކުއްޖެކެވެ. ނަމަވެސް ބެލެރީނާއަކަށްވުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އޭނަ ދަނީ ގަދައަޅާއި މަސައްކަތްކުރަމުންނެވެ.

ވިޓޯރިއާ ނެށުމަށް ހުންނަ ޝައުގު ފެނިފައި އެންމެ ފުރަތަމަ ބެލެރީނާއަކަށް ވުމަށް ވިޓޯރިއާއަށް ހިތްވަރުލައި ދީފައިވަނީ އޭނާގެ ފިޒިއޯތެރަޕިސްޓްއެވެ.

ވިޓޯރިއާ ވަނީ އޭނާގެ ހުނަރު ނަށާ ވީޑިއޯތަކުން ސޯޝަލް މީޑިއާއަށް ހިއްސާކޮށް އިންސްޓަގްރާމްގައި ވެސް 150,000 ފޮލޯވާސް ހޯދާފައެވެ.

އޭނާގެ ދޮންބައްޕަ ބުނީ ގިނަ މީހުންނަށް ފައިން ނުކުރެވޭ އެތައް ކަމެއް ވިޓޯރިއާ އާންމު ދިރިއުޅުމުގައިވެސް ކުރާކަމަށެވެ. ފެން ބުއިމާއި ދަތް އުގުޅުމާއި ފޮޓޯ ނެގުން ފަދަ ކަންތައްތައްވެސް އޭނާ ކުރަނީ ފައިގެ އެހީގައެވެ.

ވިޓޯރިއާގެ މަންމަ އެންމެ ފުރަތަމަ ފަހަރަށް 5 އަހަރުގެ ވިޓޯރިއާ ބެލޭ ކްލާހަށް ގެންދިޔައިރު އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އަތާއި ނުލައި އުފަންވުމުން ވިޓޯރިއާގެ ނެށުންތެރިޔަކަށްވުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުން ވީ ދުރުގައި އޮތް ކަމަކަށެވެ.

ހާއްސަކޮށް ބްރެޒިލްގެ ރަށްފުށު ސަރައްހަދުގައިވާ ސެންޓާ ރީޓާ ޑޫ ސަޕޫކޭގެ ކުޑަ އަވަށެއްގައި އޭނާގެ މި ނުކުޅެދުންތެރިކަން ވެގެންދިޔައީ ބަލާމީހުން ޝައުގުވެރިކުރުވައި ފާޑުކިޔުންތައް އަމާޒުވެގެންދިޔަ ކަމަކަށެވެ.

"ވިޓޯރިއާ ބަލަން ގޭ ބޭރުގައި މީހުން އެއްވެފައި ތިބޭ. އޭނަގެ ހެދުމުގެ އަތް ނަގާފަ ބަލަންވެސް ބަލާ" ވިޓޯރިއާގެ 39 އަހަރުގެ މަންމަ ވަންޑާ ކިޔައިދިނެވެ.

ވިޓޯރިއާގެ ނެށުމުން ދައްކާ ހުނަރުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ލާމަސީލް ތަރިއަކަށްވެ އަދި އެތައް ބަޔަކަށް ނަމޫނާއަކަށްވެފަ އެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %