ޖަލުތަކުގައި ތިބޭ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފިއެވެ.

2017 ވަނަ އަހަރުގެ ކުރިން ޖަލުތަކުގައި ތިބޭ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޮނުވެއެވެ. ނަމަވެސް  އަންނައުނު ތަކާއި އެކު މަސްތުވާތަކެތި ވައްދާކަމަށް ބުނެ  އެޚިދުމަތް ނުދޭގޮތަށް ނިންމާފައިވަނީ ދެހާސް ސަތާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
މިކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވަނީ އަންނައުނު ޖަލަށް ފޮނުވޭނެ ގޮތަށް އަލުން ބަދަލުކުރީ އެމީހުން އަމަލުކުރާ އާއުސޫލުގެ ދަށުން ކަމަށެވެ. ޖަލަށް އަންނައުނާއިކު މަސްތުވާތަކެތި ވައްދަން މަސައްކަތްކޮށްފި ނަމަ އެމީހަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.
އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، އާއިލާތަކުން ގެންދާ އަންނައުނު ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9 އިން ފެށިގެން މެންދުރު 2 އާ ހަމައަށް މާލޭ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނެއެވެ.
ޖަލުތަކަށް އަންނައުނު ނުފޮނުވޭ ގޮތަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައިދީން ބޭނުންކޮށްފައިވަނީ ކަރެކްޝަނަލް ސާރވިސްއިން ވިޔަފާރި އުސޫލުން ވިއްކި އަންނައުނެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *