ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު އަށްސަތޭކަ އަށްވުރެ މައްޗަށް އަރައިފިއެވެ.
ޗައިނާގައި ބާރު މިނެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 811 އަށް އަރައިފިއެވެ. މިއަދަދަކީ 2013 ވަނަ އަހަރު ފެތުރުނު ސާސްރޯގާގައި މަރުވި މީހުންގެ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ. ސާސްރޯގާގައި ޗައިނާއާއި އިތުރު ސައުވީސް ގައުމަކުން މަރުވެފައިވަނީ މުޅިއެކު 744 މީހުންނެވެ.
މިވައިރަސް މިހާތަނަށް ތިރީސް ހަތްހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާިއރު އަލަށް ދެހާހަށްވުރެ ގިނަ މީހުންނަށް އަރާފައިވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މި ވައިރަސްގައި މަރުވާ މީހުން އެއްވަރެއްގައި ހިފެހެއްޓިފައި ވީނަމަވެސް އެއަދަދު މަދުނުވާކަމަށްވެސް ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.
މި ވައިރަސްއާއި ގުޅިގެން ޗައިނާގެ އިގްތިސާދަށްވެސް ބުރޫއަރާފައިވާއިރު ޗައިނާގައި މިވައިރަސް އެންމެ ބޮޑަށް ފެތުރޭ ޕްރޮވިންސްކަމަށްވާއި ހުބައި ޕްރޮވިންސް މިހާރުވެސް ވަނީ ކަރަންޓީން ކޮށްފައެވެ. އެ ޕްރޮވިންސުން އެކަނިވެސް 81 މީހުން މަރުވެފައިވެއެވެ.