ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އިމާރާތަކުން ދިވެހިކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. 

"ޖަޒީރާ" އަށް މައުލޫމާތު ލިބޭ ގޮތުގައި މިވަގުތު މިކުއްޖާވަނީ ކަލުބޯވިލާ ހޮސްޕިޓަލުން ލަންކާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށްޓަކައި ބަދަލު ކުރެވިފައެވެ. އަދި މިކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ރައްޒާގު ވެސް މިއަދު ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވިކަމަށާއި ދިވެހި އެމްބަސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާސަންދަ އޮފީހުގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުން އަންނަކަމަށް "ޖަޒީރާ" އަށް މައުލޫމާތު ލިބެއެވެ. ކުއްޖާގެ ހާލު ސީރިއަސްކަމުން ފަރުވަ ދެމުންދަނީ އައި.ސީ.ޔޫގައެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގައި ދިވެހި ކުއްޖަކަށް އަނިޔާ ވެގެން އުޅޭކަން "ޖަޒީރާ" އަށް ކަށަވަރު ކޮށްދެއްވާފައެވެ. "ޖަޒީރާ" އަށް އެނގިފައިވާ ގޮތުގައި މިއީ ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ، އުމުރުން 3 އަހަރުގެ އަންހެން ކުއްޖެކެވެ. އާއިލާއަށް ދިމާވި މިހިތާމަވެރި ހާދިސާގެ ޚަބަރު ލިބުމުން ކުއްޖާގެ ބައްޕަ މާދަމާގެ ފްލައިޓުން ލަންކާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީއިން ވިދާޅުވީ މިހާދިސާ އަާއި ގުޅިގެން އާއިލާ އަށާއި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޮރިން މިނިސްޓްރީއިން ފޯރުކޮށްދެމުން ގެންދާނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *