ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ހަލީލުވަނީ، ރައީސް ޞާލިހާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ. އަދި، ދެ ގައުމުގެ ދޭތެރޭގައި މިހާރުވެސް އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އޮމާންގެ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސް ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ.
މިއަދު އޮމާންގައި އޮތް ރަސްމިއްޔާތުގައި، އެ ގައުމުގެ ބައެއް މިނިސްޓަރުންނާއި އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ. އެގޮތުން، އެޤައުމުގެ މާލީ ވަޒީރު އަދި ޚާރިޖީ ވަޒީރު އިތުރުން، ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑަރ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑާއިގަންނަވާފައިވެއެވެ.
ދިވެހިރައްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙުސައިން ސިނާހުއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *