މި ޕްރޮގްރާމްގައި އިންޖީނު މެއިންޓެނެންސް ކިޔަވައިދެވޭނެ -- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފެނަކައިން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި، ކަރަންޓް ޚިދުމަތުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަރު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލެވިފައެވެ. މިފަހަރު ފެނަކައިން ހުޅުވާލާފައިވަނީ އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތެވެ. އެގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޑީސެލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖެނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުޜަނެ އަމަލީ ތަޖުރިބާ ލިބިގެންދާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

1 މާރޗް 2021 އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް 3،000 ރުފިޔާގެ އެލަވެންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ގެ މެންދުރު 1 ގެ ކުރިން ފޯމް ހުށަހެޅުއްވޭނެއެވެ. ފޯމް ހުށަހަޅުއްވާނީ https://fenaka.mv/forms ލިންކު މެދުވެރިކޮށެވެ.

ފުނަރު ޕްރޮގްރާމަކީ ފެނަކައިން ފޯރުކޮށްދޭ 3 އަސާސީ ހިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްގީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *