ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުނި ކަމަށްވާ މާލޭ އެރޭޓެޑްވޯޓަރ އެންޑް ސެވެރެޖް ކޮމްޕެނީ ނުވަތަ އެމްޑަބްލިއުއެސްސީ އިން ހޮޓްލައިން ނަންބަރ އެއް ތައާރަފް ކޮށްފިއެވެ. މި ހޮޓްލައިން ތަޢާރަފް ކޮށްފައިވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ.
އެގޮތުން ފެނުގެ ހިދުމަތް މެދުކެނޑި، ފެން ލީކުވެ ބްލޮކުވުން ފަދަ ކަމެއް އުޅޭ ކަމުގައި ވާނަމަ ގުޅަން ޖެހޭ ހޮޓްލައިން އަކަށް އެބޭފުޅުން ހަމަޖައްސާފައިވަނީ 1105 އެވެ. އަދި މީޓަރުގެ ކަމެއް ދީމާވެ ނުވަތަ އެނޫން ވެސް ކަމެއް ދިމާވެއްޖެ ނަމަ 105 އަަކަށް 24 ގަޑިއިރު ގުޅޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ.
މިކަން ރައްޔިތުންނަށް އެންގުމަށްޓަަކައި އިޝްތިހާރު ކޮށްފައިވަނީ ޓްވީޓާ މެދުވެރިކޮށެވެ.