ބަޑީގެ ހަމަލާއެއްގައި ސައްބީސް މީހުން މަރާލި މީހާ މަރާލައިފިއެވެ.
ތައިލެންޑްގައި ޝޮޕިން މޯލްއަކަށް ވަދެ އެގައުމުގެ ސިފައިންގެ މީހަކުކަމަށްވާ ޖަކަރަޕަންތު ތޮއްމާ ވަނީ ބަޑި ޖަހާ ސައްބީސް މީހުން މަރާލާފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 52 މީހަކަށް ހަމަލާދީފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
އޭނާ މަރާލާފައިވަނީ އޭނާ ހޯދުމަށް މޯލްތެރޭގައި ގިނަ ވަގުތުތަކެއް ތައިލެންޑްގެ ސިފައިން ހޭދަކުރުމަށްފަހުގައި ކަމަށްވެސް ބައިނަލްއަގްވާމީ ނޫސްތަކުގައިވެއެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޗާން އޮޗާ ވިދާޅުވެފައިވަނީ އޭނާ އެކަން ކުރި ސަބަބެއް ނޭގުނު ނަމަވެސް އޭނާ އެކަން ކުރި ކަމަށް ބެލެވެނީ ބިމުގެ މައްސަލައެއްގައި އޭނާއަށް އޮޅުވާލާފައިވާ ކަމަށް ގަބޫލޫކުރެވޭތީ ކަމަށެވެ.
ތޮއްމާ އެ ހަމަލާދީފައިވަނީ އެގައުމުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ނަކޮން ރަޓްޗަސިމާގެ އަސްކަރީ ކޭމްޕަކުން ހަތިޔާރު ވަގަންނަގައިގެނެވެ.