ބޮލީވުޑްގެ މަޝްހޫރު ތަރި ކާރތިކް އާރްޔަން ދެން އެންމެ އަވަހަށް ފެނިގެންދާނީ އެކްޝަން ފިލްމަކުން ކަމަށް ނޫސްތަކުން ބުނެފިއެވެ.

ހެއްވާ މަޖާ ލޯބީގެ ފިލްމުތަކުން ފެނިގެންދިޔަ ކާރތިކް އާރިޔަން ތަފާތު ފިލްމަކުން ފެނިގެންދިއުމަކީ އޭނާގެ ފޭނުން ވަރަށް ބޭނުންވާކަމެވެ.
އެގޮތުން އޭނާ ދެން ފެނިގެންދާނީ އެކްޝަން ފިލްމަކުންނެވެ. އެ ފިލްމަކީ މަޝްހޫރު ފިލްމު  ޑައިރެކްޓަރ އޯމް ރައުތުގެ ފިލްމެކެވެ. ފިލްމުގެ ނަމާއި، ފިލްމާއި ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައި ނުވެއެވެ.
އެފިލްމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ކާރތިކް އާރިޔަން ބުނެފައިވަނީ އޭނާ އެކްޝަން ފިލްމެއް ކުޅެން ބޭނުންވާކަމަށެވެ. އަދި އެކަން ދެނެގަނެފައިވަނީ ޕްރޮޑިއުސަރ ބޫޝަން ކުމާރު ކަމަށްވެސް ކާރތިކް އާރިޔަން ބުނެފައިވެއެވެ.
ބޫޝަން ކުމާރު ބުނެފައިވަނީ އެފިލްމަކީ ވަރަށް ފުރިހަމަ ފިލްމަކަށް ވެގެންދާނެކަމަށާއި އަދި އެފިލްމަކީ ކަަރތިކް އާރޔަންގެ ،މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން  އެންމެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަށް ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *