ހުޅުމާލޭ ފޭސް ދޭއްގައި މީހުން އާބާދު ކުރުމަށް ފޭސް އެކަކާއި ދޭއް ގުޅާލުމަށް އަޅާ ބްރިޖްގެ މަސައްކަތް އަންނަ އޭޕްރީލް މަސް ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާއި ގުޅިގެން މިހާރު ނޫހުން ކުރި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހްމަދު ވިދާޅުވެފައިވަނީ ހުޅުމާލެ ކަނެކްޓިން ބްރިޖްގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ނުވަތަ ފަހުކޮށްކަޅަށް ނިންމާލުމަކީ އަމާޒެއް ކަމުގައެވެ.
ބްރިޖްގެ މަސައްކަތް ފަށާފައި މިވަނީ މިކަމަށް ސަައުދީ ފަންޑުން ދީފަައިވާ 80 މިލިއަން ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބަލާ ކަމުގައިވާނަ 1.2 ބިިލިއަން ރުފިޔާގެ ލޯން އެހީގެ ދަށުންނެވެ.