ބޮލީވުޑުގެ ދެތަރިންކަމަށްވާ ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފު ޑޭޓްކުރާކަމަށް މީޑިޔާގައި ދެކެވޭ ވާހަކަތައް ވިކީ ދޮގުކޮށްފިއެވެ.

ކެޓްރީނާ އާއި ވިކީ ޑޭޓްކުރާ ކަަމަށް  މީީޑިއާގައި ފެތުރުނު ވާހަކަތަކަށް ޖަވާބްދެމުން ވިކީ ކައުޝަލް ބުނެފައިވަނީ އޭގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. ވިކީ ބުނެފައިވަނީ އޭނާ އެއްވެސް ބަޔަކަށް ވާހަކަތައް ހާމަކުރަން ނުޖެހޭނެ ކަމަށާއި، އޭނާއަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްްތައް މާ ބޮޑަށް ފޮރުވައިގެން އުޅޭ މީހެއް ނޫންކަމަށެވެ. އަދި އޭނާ ކަންތައްތައް ފޮރުވައިގެން އުޅެން ބޭނުން ނުވަނީ އޭނާ އަކީ ދޮގުހަދާ މީހަަކަށް ނުވާތީ ކަމަށް އޭނާ ބުނެފައިވެއެވެ.
ވިކީއާއި ޑޭޓްކުރާ ވާހަކަތަކަށް ޖަވާބްދެމުން ކެޓްރީނާވެސް ބުުނެފަަަަަައިވަނީ އެއީ "އެއްވެސް ހަގީގަތެއްނެތް ވާހަކަ ތަކެއް" ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ނުހިނގާކަމަށް އޭނާ ބުނެފައިވެއެވެ.
ކެޓްރީނާ އަދި ވިކީ މިވާހަކަތައް ދޮގުކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް މިދެތަރިން އެކުގައި ގިނަ ހަފްލާތަކުން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *