ރަށްވެހިފަތިސް ކެމްޕޭންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާގޮތަށް އެމްޑީޕީގެ ލީޑަރޝިޕުން ދާއިރާތަކަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހއ. އަށް ބާއްވާ ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ބައްދަލުވުންތައް ބާއްވަނީ އޮންލައިންކޮށެވެ. އެގޮތުން މި ބައްދަލުވުންތަކުގައި ކެންޑިޑޭޓުންނާއި، ކެމްޕެއިން ޓީމުތަކާއެކު މަޝްވަރާ ބަދަލުކޮށް، ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެވެއެވެ. 

އެ ޕާޓީން ހާމަކުރިގޮތުގައި މި ބައްދަލުވުންތައް ކޮންމެ އާދިއްތަ، އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭ 8:30 ގައި ކުރިއަށްގެންދާނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ ރަށްވެހި ފަތިސް ކެމްޕެއިންގެ ކޮންމެ ހަރަކާތެއްވެސް ހިންގާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *