މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު އެރުވުން އޮންނާނީ އަންނަ ހަފްތާގައި ކަމަށް އިދިކޮޅުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ ބަޔާނަށް އިދިކޮޅުން ދޭ ޖަވާބުގައި ސަރުކާރުން އިތުރަށް ސާފުކޮށްދެއްވަން ޖެހޭ ކަންކަމަށް އަލިއަޅުވާލާނެ ކަމަށެވެ. އަދި އެކަންކަމަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީންގެ ޑިފެންސް މިނިސްޓަރ ކުރެއްވި ޓްވީޓްގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ހުށަހަޅުއްވަން ޖެހެއެވެ.

މަޖިލީހުގެ ޖަލްސާތައް މިދައުރަށް ފެށުމުގެ ގޮތުން ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު މެމްބަރުން ދެއްވާ ޖަވާބު އެރުވުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *