ދިފާއި ބާރުގައި އަންހެން ސިފައިން ހަރަކާތްތެރިވަމުން އަންނަތާ މި ވަނީ 31 އަހަރު ވެފަ އެވެ.

ޑިފެންސް މިނިސްޓްރީން ނެރޭ ''ހަފްތާގެ އައްޑަނަ'' ގެ މި ހަފްތާގެ އަދަދުގައި މާރިޔާ ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ، އަންހެން ސިފައިން މިއަދު ދަނީ އެތައް އޮޅިއެއް ގިރާކުރަމުން ކަމަށާއި، އެ ކަނބަލުން ދައްކަވަމުން ގެންދަވާ ކުޅަދާނަ ކަމަށް އުފާފުޅު ކުރައްވާ ކަމަށެވެ.

މިއަދު، ސިފައިންގެ ކަނބަލުންދަނީ، މީގެ ކުރިން ގިރާނުކުރެވި ހުރި އެތައް އޮޅިއެއް ގިރާކުރަމުން. މިއީ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް

މާރިޔާގެ މި ލިޔުން އައީ ދާދި ފަހުން ސިފައިންގެ މަތީ މަގާމުތަކަށް މުޅިން އަލަށް އަންހެނުން އޮފިސަރުން ތަކެއް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ސިފައިންގެ އެތެރޭގައި، ޗީފް އޮފް ޑިފެންސަށް ލަފާ އަރުވާ މަޖިލީހަށް ފުރަތަމަ ފަހަރަށް ދެ އަންހެން އޮފިސަރުން، ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ ވަނީ އައްޔަން ކޮށްފަ އެވެ.

ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް ޝަމާލްގެ އެ ނިންމެވުމަށް ޝުކުރު މާރިޔާ ޝުކުރު އަދާކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ގައި ސޭންޑް ހަސްޓްގައި ފުރަތަމަ ފަހަރަށް ތަމްރީނު ކޯހެއް ފުރިހަމަ ކުރަމުންދާ އޮފިސާ ކެޑޭޓް ސާޖަންޓް ފިރުޝާން ތައުފީގްގެ ނަން ފާހަގަކުރައްވައި މާރިޔާ ވަނީ އޭނާ ހާސިލްކޮށްފައިވާ ޝަރަފަށް، އާއިލާ އަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *