ބްލޮކްބަސްޓަރ ގިނަ ފިލްމުތަށް އުފައްދާފައިވާ ފަރާތެއް ކަމުގައިވާ އަލީ އައްބާސް ޒަފަރުގެ އާ ސުޕަރހީރޯ ފިލްމުން ފެނިގެންދާނީ ކެޓްރީނާ ކައިފްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މީގެ ކުރިންވެސް އަލީ އައްބާސް ޒަފަރުގެ ކާމިޔާބް ތިން ފިލްމު ކަމަށްވާ، ސުލްތާން، ޓާއިގާ ޒިންދާހޭ އަދި ބާރަތުއިން ކެޓްރީނާ ވަނީ ފެނިގެން ގޮސްފައެވެ.
އިންޑިއޭގެ ނޫހެއްކަމަށްވާ މުމްބާއީ މިރާގައި ބުނެފައިވަނީ އަލީ އައްބާސް ޒަފަރު އުފައްދާ ފިލްމަކީ ސްޕަރހީރޯ ފިލްމެއްކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށާއި، އެފިލްމުގެ މަސައްކަތް މިހާރު ޕްލޭން ކުރަމުން އަންނަކަމަށެވެ.
އަދި އެފިލްމުގައި ފެނިގެންދާނީ ބޮލީވުޑުގެ ފިލްމުތަކުން ފެނިގެންނުދާ ފަދަ ސްޓަންޓްތައް ކަމަށްވެސް އެނޫޙުން ބުނެފައިވެއެވެ. އަދި ކެޓްރީނާ މިހާރު އަންނަނީ އެފިލްމަށް ތައްޔާރުވަމުން ކަމަށްވެސް އެނޫޙުން ބުނެފައިވެއެވެ.
ފިލްމުގެ ސްކްރިޕްޓް މަސައްކަތްތައް ނިމުމާއެކު ފިލްމުގެ ޝޫޓްކުރާނެ ލޮކޭޝަންތައް ނިންމާނެ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.