ބޮލީވުޑުގެ މަޝްހޫރު ތަރި ކަލްކީއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ކަލްކީއާއި އޭނާގެ ލޯބިވެރިޔާއަށް އަންހެން ދަރިއަކު ލިބިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެދެމީހުންގެ އާއިލާއިން އެކަން ކަށަވަރުކޮށްދީފައި ނުވެއެވެ.
ކަލްކީ މިއަދު ވިހާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާއިރު އޭނާއަކީ އޭނާގެ ބަނޑުބޮޑު ދުވަސްތަކުގައިވެސް އޭނާގެ ފޭނުންނާއި ވަރަށް ގާތުން މަސައްކަތް ކުރި ތަރިއެވެ.
އެގޮތުން ތަފާތު ޝޫޓިން ތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ އިތުރުން އޭނާގެ ބަނޑުބޮޑު ދުވަސްތަކުގައި ކުރެވެމުންދިޔަ އިހުސާސްތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ބޮލީވުޑުގެ ގިނަ ތަރިންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މީީޑިއާއި އާންމުންނަށް ސިއްރު ކުރާ ބަޔަކަށް ވާއިރު ކަލްކީގެ އާއިލާއިން އޭނާއަށް ދަރިއަކު ލިބުނުކަން ސިއްރުކޮށްފައިވަނީ އެސަބަބާއި ހެދި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *