މިއަހަރުގެ ކުރީކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ހަލުވި ކަމާއި އެކު އެކި ގައުމުތަކަށް ފެތުރެން ފަށައިފިއެވެ. އެގޮތުން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ 34956 މީހުން ފެނިފައިވާއިރު 6106 މީހުން ވަނީ މިބައްޔަށް ޕޮސިޓިވްވެފައެވެ. އަދި މިހާތަނަށް 724 މީހުން ވަނީ މަރުަވެފައެވެ.
ބަލީގެ އަސަރު ފުރަތަމަ ފެނިފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް މިހާރު މިބަލީގެ އަސަރު އެކި ގައުމުތަކުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ސިންގަޕޫރ ގައިވަނީ އޮރެންޖް އެލާރޓް އިއުލާން ކޮށްފައެވެ.
މިހާތަނަށް މިބަލި ފެނިފައިވާ ގައުމުތަކުގެ މައުލޫމާތު އަލްޖަޒީރާގައި ހާމަ ކޮށްފައިވާ ގޮތުން މިހާނަތަނަށް ސިންގަޕޫރުން 33 މީހުން މިބައްޔަށް ޕޮސިޓިވްވެފައިވާއިރު ޖަޕާންގެ ކުރުޒާރ ލައިން އަކުން ދަތުރުކުރި 64 މީހުންނާއި ޖަޕާންގެ އިތުރު 7 މީހަކު ވަނީ މިބައްޔަށް ޕޮސިޓިވްވެފައެވެ. އަދި ޗައިނާއިން އެނބުރި ގައުމަށް ދިޔަ އެމެރިކާގެ 100 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރެވިފައެވެ. އަދި 65 މީހުންގެ ގައިން ވަނީ މިބަލި ފެނިފައެވެ. އަދި އެމެރިކާގެ އެކަކު ވަނީ މަރުވެފައެވެ.