މިއަހަރު ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓުން ހޮއްވެވުމަށް އިއްޔެ ބޭއްވުނު އެޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރައްވައި، މާލެއަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ކަށަވަރު ކުރައްވައިފިއެވެ.

މިހާރުވެސް މާލެއަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރައޫފް އާއި ވާދަކުރައްވައި ނިމާލަށް ވަނީ 950 އަށްވުރެ ގިނަވޯޓު ލިބިވަޑައިގެންފައެވެ. ރައޫފް ކަށަވަރުކުރެއްވީ 140 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ރައީސް ޔާމީނުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒް، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެކަން މީގެކުރިންވެސް އިދިކޮޅޮ ކޯލިޝަނުން ހާމަކުރައްވާފައި ވާއިރު، ރާއްޖޭގެ އެންމެ އާބާދީބޮޑު ދެސިޓީ ކަމަށްވާ މާލޭ ސިޓީ އާއި އައްޑޫ ސިޓީގެ ކައުންސިލް ޕްރައިމަރީއެއް ޕީޕީއެމްއަކުން ނުބާއްވައެވެ. ޕީޕީއެމް އިން ބުނެފައިވަނީ ސިޓީތަކުން ޕްރައިމަރީ ބާއްވަން ޖެހޭވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައި ނުވާކަމަށެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރުގެ ޓިކެޓް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދު ބަލިކުރައްވައި ތޯރިގު އަޚްމަދު ކާމިޔާބު ކުރެއްވީ 892 ވޯޓާއި އެކުގައެވެ. ފަޒާދަށް ލިބިވަޑައިގެންނެވީ 634 ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.