ޗައިނާގައި ހަލުވިމިނެއްގައި ފެތުރެމުންދާ ކްރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރައިފިއެވެ.
އަލްޖަޒީރާ ނޫހުގައި ބުނެފައިވަނީ މި ޗައިރަސް ޗައިނާގައި ހަލުވި މިނެއްގައި މިހާރުވެސް ފެތުރެމުން ދާ ކަމަށާއި، އެގޮތުން މިހާތަނަށް ޗައިނާއިން އެކަނި ވައިރަހަށް 34546 މީހުން ޕޮސިޓިވްވެފައިވެފައިވާކަމަށެވެ. އަދި އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު 722ހަށް އަރާފައިވާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.
ޗައިނާއިން ބޭރުގެ ދެގައުމެއްގައި މި ވައިރަސްގެ ޖެހި ދެމީހަކު މަރުވެފައިވެއެވެ. އެއީ ހޮންކޮން އަދި ފިލިޕީންސްއެވެ.
ޗައިނާގެ އިތުރުން މުޅި ދުނިޔޭގައިވެސް ހަލުވި މިނެއްގައި ފެތުރެމުންދާ މި ވައިރަސް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 25 ގައުމަކުން ވަނީ ފެނިފައެވެ.
މިވައިރަސް ދުނިޔޭގެ ސަމާލުކަމަށް ގެނައި ޑޮކްޓަރ އެ ވައިރަސްގެ ސަބަބުން ވަނީ މަރުވެފައެވެ.
މިވައިރަސްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުގެތަކުގެ އެއާލައިންތައް ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައިވާއިރު، ޗައިނާގެ ފުލައިޓްތައް އެހެން ގައުމުތަކަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
މިބަލިމަޑު ކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދުވެސް ބޮޑުތަކުން ދަށަށްދާނެ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގެ ބުނެފައިވެއެވެ.