ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން ދޫކުރާ ޕްލޮޓަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގަސް ހެއްދުމަށް ދޫކޮށްފައިވާ 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްލޮޓަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.

ކައުންސިލްގެ އިއުލާނުގައި ވަނީ މި ޕްލޮޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000 ރުފިޔާއަށް ކަމަށެވެ. މި ޕްލޮޓްތަކަށް އެދޭނީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭ ފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމަށެވެ. އަދި އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ކަމުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިޢުލާނުގެ މުއްދަތުގައި ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް އެހީ ފޯރުކޮށްދޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *