ޖައްވީ ސްޓޭޝަނެއްގައި އެންމެ ގިނަދުވަސް ހޭދަކުރި އަންހެނާގެ ފަޚުރު ހޯދުމަށްފަހު، އެމެރިކާގެ އެސްޓްރޮނޯޓް ކްރިންސްޓީނާ ކޮކް، އެނބުރި ބިމަށް އަތުވެއްޖެއެވެ. ކްރިސްޓީނާ މި އައީ ޖައްވުގައި ދިރާސާތަކެއްކުރުމަށް 328 ދުވަހު އުޅުމަށްފަހުއެވެ. ޖައްވުގައި އެންމެ ގިނަދުވަސް ހޭދަކުރި އަންހެނާގެ ރެކޯޑް ކުރިން އޮތީ އެމެރިކާގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަންގެ އަތުގައެވެ. ޕެގީ ޖައްވުގައި 288 ދުވަސް ހޭދަކޮށްފައިވެއެވެ.

ކްރިސްޓީނާގެ މިދަތުރުގެ ގިނަ ދިރާސާތައް ޢަމާޒުކުރީ، އެސްޓްރޮނޯޓުން ޖައްވީސްޓޭޝަންތަކުގައި ހޭދަކުރާ މުއްދަތުގައި އެމީހުނަށް ދިމާވާ ސިއްޙީ މައްސަލަތައް ދެނެގަތުމާއި، އެކަންތަކަށް ހައްލުހޯދުމަށެވެ. ކްރިސްޓީނާގެ މިދިގު ދަތުރަށްފަހު އޭނާއެނބުރި އައީ މިދިޔަ ބުރާސްފަތިދުވަހު ހެނދުނުއެވެ.

ދަތުރުގައި ހޭދަކުރިދުވަސްތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ކްރިސްޓީނާ ބުނީ ޖައްވުގައި އެންމެ ކުރަން ފަސޭހަކަމަކީ ނިދުންކަމަށެވެ. ސަބަބަކީ އެއްފަރާތުން އަނެއްފަރާތަށް ޖެހެން ނުޖެހުމާއި ހަށިގަނޑުގެ ވަކިދިމާލަކަށް ބަރުވެގެން، ތަނެއް ފިތި، އައްސިވެގެން އުޅެން ނުޖެހުމެވެ.

ޖައްވުގައި ހޭދަކުރި ދުވަސްތަކުގައި އެންމެ "މިސް" ވިކަމަށް ކްރިސްޓީނާބުނީ މޫނަށްޖެހޭވަޔާއި، ވާރޭވެހޭ މަންޒަރާއި ބިމުގައިވާ ވެއްޔެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *