ދަތްތައް ހުދުކޮށް ބެހެއްޓުމަށް އެންމެންވެސް މަސައްކަތް ކުރެއެވެ. އެގޮތުން ދައްތައް ހުދުކުރުމަށް ތަފާތު ވައްތަރުގެ ބާވަތްތައްކާއި މެޑިކަލް ޓްރީޓްމަންޓްތައް ހަދައެވެ.
މިލިއުމުގައި މިބަލަނީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ދަތްތައް ހުދުކުރެވިދާނެ ގޮތްތަކަށެވެ.
- ކާށިތެޔޮ
ކާށިތެލަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ސިއްހީ ގޮތުން އެކިގޮތްގޮތަށް ކާށިތެޔޮ ބޭނުންކުރެއެވެ. ނަމަވެސް ދަތްތައް ހުދުކުރުމަށް ކާށިތެޔޮ ބޭނުންކުރެވިދާނެ ކަން ގިނަބަޔަކަށް ނޭނގިއޮވެދާނެއެވެ. ކާށިތެލަކީ ދަތްތައް ހުދުކުރުމަށްވެސް ކާށިތެޔޮ ބޭނުންކުރެވިދާނެއެވެ. އެގޮތުން ކާށިތެޔޮ ސަމްސަލެއް އަނގަޔަށް ލުމަށްފަހު ފަސްމިނެޓްވަންދެން އަނގަތެރެ ދޮވެލާށެވެ. އޭގެ އިތުރުން ދަތްއުގުޅާ ބުރުހަށް ދެތިން ކާށިތެޔޮ ތިކި ޖެހުމަށްފަހު ފަސްމިނެޓް ވަންދެން އޭގައިން ރަނގަޅަށް ދަތްއުގުޅާލާށެވެ. އެއަށްފަހު ރަނގަޅަށް އަނގަދޮވެލާށެވެ. ނަތީޖާ ފެންނާނެއެވެ.
- އެޕަލް ސިޑަރ ވިނެގަރ
އެޕަލް ސިޑަރ ވިނެގާރ ގައި ހެމެނޭ އެސިޑް، ޕޮޓޭޝިއަމް، މެގްނީޒިއަމް، ފަދަ މާއްދާތަކުގެ ސަބަބުން ދަތުގައި ހުންނަ ނުރަގަޅު ބެކްޓީރިއާތައް މަރުވެއެވެ. އެޕަލްސިޑަރ ވިނެގާގެ (ޕީޗް) މާއްދާތަކުގެ ސަބަބުން ދަތުގައި ހުންނަ ލައްތައް ފިލައެވެ. އެގޮތުން ދަތުގައި އެޕަލް ސިޑަރ ވިނެގަރ ދެމިނެޓް ވަންދެން ހާކާލާށެވެ. އެއަށްފަހު ފެނުން ރީތިކޮށް އަނގަދޮވެލާށެވެ.
- ލުނބޯ ތޮށިގަނޑު
ލުނބޮއަކީ އޭގެ ޒާތުގައި ވެސް ލައްތައް ފިލުވާލެވޭ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެގޮތުން ލުނބޯތޮށީގައިވެސް އެބާވަތްތައް ހިމެނެއެވެ. އެގޮތުން ހަމައެކަނި ހަދަންޖެހޭ ގޮތަކީ ދަތުގައި ލުނބޯތޮށި ހާކާލާނީއެވެ. ދެ މިނެޓްވަންދެން ދަތުގައި ލުނބޯތޮށިގަނޑު ހާކާލުމަށްފަހު ރަނގަޅަށް އަނގަދޮވެލާށެވެ. އޭރުން ދަތްތައް ހުދުވާނެއެވެ.
- ސްޓްރޯބެރީ
ސްޓްރޯބެރީ ކާ މީހުންނަށް މިއީ އުފާވެރި ޚަބަރެކެވެ. އެގޮތުން ސްޓްރޯބެރީގައި ހުންނަ އެންޓް އޮކްސިޑެންޓްގެ ސަބަބުން ސްޓްރޯބެރީ އާންމުކޮށް ކާނަމަ ދަތްތައް ހުދުވާނެއެވެ.
- ބޭކިން ސޯޑާ
ބޭކިން ސޯޑާއަކީ އާންމުކޮށް މީހުން ބައެއް ތަކެތި ސާފުކުރުމަށް ބޭނުންކުރާއެއްޗެކެވެ. އެގޮތުން ދަތްތައް ހުދުކުރުމަށްވެސް ބޭކިން ސޯޑާ ބޭނުންކުރެވިދާނެއެވެ. ކުޑަ ބޭކިން ސޯޑާ ކޮޅެއް ގެންތައްޓަކަށް އެއްކުރުމަށްފަހު ޕޭސްޓެއް ތައްޔާރުކުރާށެވެ. އޭގެއިން މިނެޓެއް ވަންދެން ދަތް އުގުޅުމަށްފަހު އަނގަރަނގަޅަށް ސާފުކޮށްލާށެވެ.
މިއީ ހައްތާވެސް ދަތްތައް ހުދުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެވެ. މިފަދަ ތަކެތި ބޭނުންކުރާނަ ދަތްތަށް ވަރުގަދަވެ، ސާފުވާނެއެވެ.