ހަތެއް ފެބުރުއަރީ މިއީ ދިވެހީންނަށް އާ ތާރީހަކަށް މިހާރު ނުވާނެކަން ޔަޤީނެވެ. މިއީ ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިން ބާނީ އަދި ޑެމޮކްރެސީގެ ފުރަަތަމަ ރައީސް ކެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ތަފާތު އެކި އުކުޅުތައް ބޭނުން ކުރުމަށް ފަހު ދިވެހިންގެ ތެރެއިން ބަޔަކު ބަޣާވާތްކޮށް ވެރިކަމަށް ނިމުން ގެނައި ދުވަހެވެ.
މިއަދު ދިވެހިން ކުރި މި ބަޣާވާތަށް އަށް އަހަރު ފުރުން ފާހަގަކޮށް ގިނަ ބަޔަކު މީސްމީޑިއާގައި ތަފާތު ފޮޓޯތަކާއި ވީޑިއޯތަށް އާއްމު ކުރަމުން ދާއިރު ރައީސް ނަޝީދު މިވަނީ މިކަމާއި ގުޅުވައިގެން ޓްވީޓެއް ކުރައްވާފައެވެ. މިޓްވީޓްގައި ވަނީ "މަ ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީ އަކަށް" މިހެންނެވެ.
ވެރިކަން ބަދަލު ކުރުމަށް ހިންގި މި ބަޣާވާތުގައިވަނީ އާއްމުންގެ މުދަލާއި ތަކެއްޗަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައެވެ.
މިބަޣާވާތާއި ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ވެރިކަމާއި ދެން ހަވާލުވެ ވަޑައިގެންނެވީ އޭރުގެ ސަރުކާރުގެ ނައިބް ޑރ މުހައްމަދު ވަޙީދު ހަސަން އެވެ.
ރައީސް ނަޝީދު މި ޓުވީޓު ކުރެެއްވި އިރު އޭރުގައި ފެބްރުއަރީ ހަތެއްގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނިކުތް ފަރާތްތަކުން މިއަދުވަނީ ރައީސް ނަޝީދާއި އަދި އެމްޑީޕީއާއި ބައިއަތު ހިފާފައެވެ.