ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ސިންގަޕޫރުގައި އޮރެންޖް އެލާރޓް އިއުލާން ކޮށްފިއެވެ. އެގައުމުގެ ހެލްތް މިިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ކޮރޯނާވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް ޗައިނާއަށް ނިސްބަތްނުވާ އަދި އެއްވެސް ގޮތަކުން ގުޅުމެއް ނެތް ހަތަރު މީހެއްގެ ގައިން އެބަލީގެ އަސަރު ފެނިގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައެވެ.
މިއީ ސިއްޙީ ހާލަތު ގޯސްވެގެން އެގަމުގައި އޮރެންޖް އެލާރޓް ނެރުނު ދެވަނަ ފަހަރެވެ. ފުރަތަމަ މި އެލާރޓް ނެރެފައިވަނީ 2009 ވަނަ އަހަރު ހަލުވިކަމާއި އެކު ފެތުރުނު އެޗްވަންއެންވަން ގެ ސަބަބުން ހާލަތު ގޯސްވެގެން ދިއުމުންނެވެ.