އިއްޔެ އިރުއޮއްސި 17:48 ހާއިރު މާފުށިން ނިވާކަން ކުޑަ ގޮތަކަށް ނިކުމެ އުޅުން ފަތުރުވެރިޔާ ހައްޔަރު ކުރުމަށް އަމަލު ކުރެވިފައިވަނީ އެދެވޭ ގޮތަކަށް ނޫން ކަމަށް ފުލުހުން އެއްބަސްވެ މިކަމަށް މައާފަށް އެދިއްޖެއެެވެ. މައާފަށް އެދި ޓްވީޓް ކޮށްފައިވަނީ ފުލުހުންގެ އޮފިޝަލްގެ ޓްވިޓާރ އެކައުންޓް މެދުވެރިކޮށެވެ.
އިއްޔެ ފުލުހުންގެ އަމަލުތައް ހުރި ގޮތް މީސް މީޑިއާގައި ދައުުރުވަމުން ގޮސްފައިވާއިރު ފުލުހުން ބުނެފައިވަނީ ފަތުރުވެރިޔާ އާއި މެދު އެގޮތަށް އަމަލު ކުރަން ޖެހުނީ އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.
އަދި ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފުލުހުން ވާޖިބެއްކަމުގައެވެ.