އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ކައިވެނިކުރާނެ ތާރީޚެއް ހަމަޖައްސައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިދެމީހުން ބޭނުންވަނީ މިއަހަރުތެރޭގައި ކައިވެނި ކުރާނެއެވެ. އެގޮތުން މިދެމީހުންގެ ކައިވެނި ކުރަން ބޭނުންވަނީ މިހާރު އެދެމީހުން އެކުގައި ފެނިގެންދާ ފިލްމު ބްރާމްސްތްރާގެ ރިޒީލްއަށް ފަހުގައެވެ.
އެފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިފިލްމުގެ ރިލީޒްއަށްފަހު މިދެތަރިން ދެން ފެނިގެންދާނީ ކައިވެންޏަށް ތައްޔާރުވުމުގެ ތެރެއިންނެވެ.
ޑިސެމްބަރު މަހުގައި ކައިވެނި ކުރުމަށް ހަމަޖެހިފައި ވީނަމަވެސް އެމަހުގެ ކޮން ދުވަހެއް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. ރަންބީރު އަދި އާލިޔާވެސް ކައިވެނީގެ ތާރީޚާއި ބެހޭގޮތުން ވަކިޖަވާބެއް ދީފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
ރަންބީރު އަދި އާލިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ދެފަރާތުގެ އާއިލާއިންވެސް މިގުޅުމަށް ރުހޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އެދެއާއިލާގެ އާއިލީ ބައްދަލުވުންތަކުންވެސް ރަންބީރު އާލިއާ ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.