މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިރޭ ބޭއްވި ބްރީފިންއެއްގައެވެ. ފުލުހުން ހާމަކުރި މައުލޫމާތުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ ރ.މަޑުއްވަރީއަށްު ނިސްބަތްވާ ތިން މީހުންކަން ފާހަގަކޮށްލެވެއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވާއިރު ދާދި ފަހުން ވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ކަމުގެ ތުހުމަތުގައި މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ހާއްޞަ އޮޕަރޭޝަން ތަކެއް ހިންގާފައެވެ.

އަދި މިތިން މީހުން ހައްޔަރުކޮށްފައިވާ އިރު އިއްޔެގެ ވަގުތެއްގައި މި ހަމަލާގެ ޒިންމާވަނީ ޓެރަޓިސްޓް ޖަމާއަތަކުން ނަގާފައެވެ. އެގޮތުން މި ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެ އިއްޔެ ދައުރުވަމުން ދިޔަ ވީޑިއޯގެ ސައްޚަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

މިހަމަލާއިގައި އަނިޔާ ލިބުނު ތިންމީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާއިރު ދެމީހުންނަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *