ބިގްބޮސްގެ މިފަހަރުގެ ސީޒަންގައި މޯލްޓާސް ނުބާއްވާގޮތަށް ނިންމައިފިއެވެ.

ގިނަބަޔަކު އިންތިޒާރުކުރި މިޓާސްކް ނުބާއްވާނެ ކަން އިއުލާންކޮށް ކަލާސްއިން ކުރި ޓްވީޓްގައި ބުނެފައިވަނީ މޯލްޓާސްކް މިފަހަރު ބާއްވަން ނިންމާފައި ނުވާކަމަށާއި، އެފަދަ ޓާސްކެއް ބާއްވާނަމަ ބެލުންތެރިންނަށް އިންގޭނެކަމަަށެވެ.

ކަލާސްއިން ޓާސްކް ނުބާއްވާނެ ކަމަށް ނިންމި ނަމަވެސް އެޓާސްކަށް އޮބްރޯއީ މޯލް ތައްޔާރުކުރި ކަމަށް ނޫސްތަކުގައިވެއެވެ. އެގޮތުން އެސަރަހައްދުގެ ސެކިއުރިޓީ ދެގުނައަށް އިތުރުކޮށްފައިވެއެވެ. މޯލްޓާސްކް ނުބާއްވަން ނިންމީ އެތަނަށް ގެންދަން ހަމަޖެއްސި ތިން ބައިވެރިން ކަމަށްވާ އާސިމް ސިދާތު އަދި ރަޝްމީއަށް ސަޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އެސަރަހައްދަށް އެއްވެ މާބޮޑަށް އެސަރަހައްދު ފުރި ބާރު ވުމާއި ގުޅިގެން ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

މިޓާސްކް ކުރިއަށް ގެންދާ ގޮތަކީ ތިން ބައިވެރިން ތޭރި ކޮށްޓަކަށް ލުމަށްފަހު އާންމުންގެ ތެރެއަށް ނެރޭނީއެވެ. އެއަށްފަހު ތިން ބައިވެރިންނަށް ވޯޓްކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވޭއެވެ. އެތަނުން އެންމެ ގިނަ ވޯޓް ލިބޭ ބައިވެރިއަކު ފައިނަލަށްދާނެއެވެ.

މިފަހަރުގެ ބިގްބޮސް ވެގެން ގޮސްފައިވަނީ  މިހާތަަނަށް ދެއްކި ހުރިހާ ސީޒަނަކަށްުވުރެ ފޯރިގަަދަ އަދި އެސީޒަނަކާއި  ގުޅޭ ގޮތުން އެންމެ ގިނަ ޚަބަރުތައް މީޑިއާތަކުން ކަވާރކުރި ސީޒަނަށެވެ.

މިފަހަރުގެ ސީޒަން ނިމުމަކާއި ކައިރިވެފައިވާއިރު މިހާރު ބިގްބޮސްގެ ގޭގައި ތިބި ބައިރިންގެ ތެރޭގައި ހިމެނެނީ ސިދާތު ޝުކްލާ، އާސިމް ރިއާޒް، އާރތީ ސިންގް، ޝެހޭނާޒް ގިލް،  ޕާރަސް ޗާބްރާ، މާހިރާ ޝަރްމާ، އަދި ރަޝްމީ ދެސާއީއެވެ.

މީގެ ތެރެއިން ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ތިން ބައިވެރިންނަނީ ސިދާތް ޝުކްލާ، އާސިމް ރިއާޒް، އަދި ޝެހޭނާޒް ގިލްއެވެ.

ބިގްބޮސްގެ މިފަހަރުގެ ސީޒަންްގެ ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަވަަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *