ބާޣީ ސީރީޒްގެ ތިންވަނަ ފިލްމު (ބާޣީ3) ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.

ޓައިގަރ ޝްރޮފް އަދި ޝްރައްދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ މިހާރު އާންމު ކޮށްފައިވާއިރު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ވަނީ އެޓްރައިލާރ ބަލާފައެވެ. ޓްރެއިލާ ބެލި ގިނަ މީހުންނަށް އެންމެ ކަމުގޮސްފައިވަނީ  ޓައިގާރ ޝްރޮފްގެ  އެކްޝަން ސީކުއެންސް ތަކެވެ.  އެގޮތުން ބާޣީ ސީރީސްްގެ އެހެން  ފިލްމުތަކުގައި ޓައިގަރ ފެނިގެންދަނީ މާ ވަރުގަދަކޮށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޓްރެއިލާއިން ޝްރައްދާގެ ހުނަރުވެރިކަން އިތުރަށް ފެނިގެންދާކަމަށްވެސް  ޓްރެއިލާރ ބެލި ފަރާތްތަކުން ބުނެފައިވެއެވެ.

ޝްރައްދާ، ޓައިގަރގެ އިތުރުން އެ ފިލްމުގެ މުހިއްމު ރޯލުތަކުން ރިތޭޝް ދޭޝްމުުކް، އަންކިތާ ލޯކަންޑޭ، ޗަންކީ ޕާންޑޭ ފެނިގެންދާނެއެވެ. 

ބާޣީގެ ޝޫޓިން ފަށާފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ. އެ ފިލްމުގެ ޝޫޓިން ތައް ކުރިއަށް ގެންގޮސްފައިވާ ތަންތަނުގެ ތެރޭގައި މޮރޮކޯ، އިޖިޕްޓް، ސާބިޔާ، އަދި މުމްބާއީ ހިމެނެއެވެ. 

އެ ފިލްމުގެ ގިނަ މަސައްކަތްތައް ނިމިފައިވާއިރު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ  މިއަހަރުގެ މާރޗް މަހުގެ ހަވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *